ރާއްޖެއަށް ލުނބޯ ލިބުން ދަތިވެފައިވާތީ އެސްޓީއޯ އިން ލުނބޯ އެތެރެކޮށް ވިއްކަން ފަށައިފި

ރާއްޖެއަށް ލުނބޯ ލިބުން ދަތިވެފައިވާތީ އެސްޓީއޯ އިން ލުނބޯ އެތެރެކޮށް ވިއްކަން ފަށައިފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ މިވަގުތު ވިއްކަނީ ލިމިޓުކޮށް ކަމަށާއި ލުނބޯ ވިއްކާނީ ޕީޕަލްސް ޗޮއިސް އާއި އެގްރިސެންޓަރުން ކަމަށެވެ.

ލުނބޯ ކިލޯއެއް 45 ރުފިޔާއަށް ވިއްކާއިރު، އެގްރިސެންޓަރުން ވިއްކުމަށް ނިންމާފައިވަނީ މީހަކަށް ތިން ކިލޯ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. އަދި ޕީޕަލް ޗޮއިސްއިން ވިއްކާނީ މީހަކަށް އެއް ކިލޯ ލުނބޯ ކަމަށް ވެސް ބުންޏެވެ.

މިއަހަރުގެ ރޯދަ މަސް ފެށުނީއްސުރެ، ލުނބޮލުގެ އަގުވަނީ މައްޗަށްއަރާ، ކިލޯއެއް 180 އަދި 190 އަށް އަރާފައެވެ.

ވިޔަފާރިވެރިން ބުނެފައިވަނީ މިހެންވާން ޖެހުނީ ރާއްޖެއިން ބޭރުން ގެންނަ ލުނބޯ ޝިޕްމެންޓުތައް އައުން ލަސްވުމުން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.