'މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

10 ސެޕްޓެމްބަރ 2019 - މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އާއި ޑރ. ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެގްރީމެންޓުގައި ސޮއުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހު އެސް.ޓީ.އޯ ގައެވެ. އޭޑީކޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޭ.ޑީ.ކޭ ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް އަފްޢާލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާރޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ދިރާސާ ތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ، 

އެސްޓީއޯ އިން މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. 

"ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސަކީ އޭ.ޑީ.ކޭ އިން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.  މި ކޮންފަރެންސް އޮންނާނީ ސެޕްޓެންބަރު މަހުގެ 17އިން 19އިގެ ނިޔަލަށެވެ.  މިއީ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.