އެސްޓީއޯއިން ޝިޕިން ލައިނެއް ފަށަނީ

މިއަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައި ޝިޕިންލައިންނެއް އުފައްދަވާނެ ކަމަށް އެސްޓީއީއިން ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ

އެސްޓީއޯއިން މަސައްކަތް ކުރައްވަމުން ގެންދަވަނީ އާންމު ވިޔަފާރިތަކުން ނުކުރެވޭ ވަރުގެ ބޮޑެތި ވިޔަފާރިތަކަށް ދާން ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ. "ބޭނުންވަނީ ރާއްޖެ އެތެރެކުރާ މުދާ އެގުހެޔޮކޮށް ރައްޔިތުންނަށް ލިބުން. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ޝިޕިންލައިނެއް ފަށާނަން،"

އަމްރު ވިދާޅުވީ މިހާރު ކުރަމުންދާ ކުދި ވިޔަފާރިތައް ދޫކޮށް ބޮޑެތި ވިޔަފާރިތައް ފަށައި ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެގޮތް ހެދުމަކީ ވެސް އެކުންފުނީގެއް މަގުސަދު ކަމަށެވެ. "އަޅުގަނޑުމެން މަސައްކަތްކުރަނީ އާންމުވިޔަފާރިތަކުން ނުކުރެވޭވަރުގެ ބޮޑެތި ވިޔަފާރިތަކަށްދާން،" އޭނާ ވިދާޅުވިއެވެ.

ހިލައާއި ހިލަވެއްޔާއި ސިމެންތިއާއި ދަގަނޑު މިހާރުވެސްވަނީ ވަރަށްބޮޑުތަނުން އަގުހެޔޮކޮށްފައި ކަމަށާއި، މައިގަނޑު ގޮތެއްގައި އަގުހެޔޮކުރެވިފައިވަނީ ބޭރުންމުދާ ގަންނަން ލިބޭ އަގުވެސް ހެޔޮވީމައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދިވެސް ބޭނުންވަނީ އިތުރަށް އަގުހެޔޮކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.