ޓެލްއަވީވް ކައިރީގައި ފަލަސްޠީނު މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި އިސްރާއީލުގެ 5 މީހުން މަރުވެއްޖެ

ހަމަލާ ދިން ސަރަހައްދުގައި އިސްރާއީލު ފުލުހުންގެ ފޮރެންސިކް މީހުން ހަރަކާތްތެރިވަނީ

އިިސްރާއީލުގެ މެދުތެރޭގައި، ޓެލްއަވީވް ކައިރީގައި، ފަލަސްޠީނު މީހަކު ދިން ބަޑީގެ ހަމަލާތައްގައި 5 މީހުން މަރުވެ 6 މީހުން ޒަޚަމްވެއްޖެއެވެ.

އިސްރާއީލުގެ ފުލުހުން ބުނި ގޮތުގައި ބަޑިޖެހި މީހާ ޓެލްއަވީވް ކައިރީގައި އޮންނަ ބަނީބާރާކް އަވަށާއި، ރަމާތުގާން އަވަށުގެ އެ ސަރަހައްދަށްވުރެ ގިނަ ސަރަހައްދުގައި މީހުންނަށް ހަަަމަލާދީފައި ވެއެވެ.

އިސްރާއީލުގެ ރަސްމީ ޓީވީގެ ޗެނެލް 11 އިން ބުނި ގޮތުގައި ބަޑީގެ ހަމަލާތައް ދިން މީހާއަކީ ހުޅަނގުގެ އައްސޭރީގެ އުތުރުގެ ރަށެއް ކަމަށްވާ ޖެނީން ކައިރީގައި އޮންނަ ޔަޢުބުދު އަވަަށަށް ނިސްބަތްވާ މިހެކެވެ. އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން އިތުރަށް ބުނި ގޮތުގައި މޮޓޯ ސައިކަލެއްގައި ހަރަކާތްތެރިވި އެމީހާ ފުރަތަމަ ހަމަލާދިނީ ބަނީ ބާރާކްގައެވެ. އެއަށްފަހު އޭނާ ދިޔައީ ރަމާތުގާންއަށެވެ. މަރުވި 5 މީހުންވެސް މަރުވެފައި ވަނީ ބަނީބާރާކްގައެވެ.

މިއީ ފާއިތުވި ދެ ހަފުތާ ތެރޭގައި އިސްރާއީލުގައި ދިން މިފަދަ 3 ވަނަ ހަމަލާއެވެ. އެގޮތުން ފާއިތުވި ހަފުތާގައި އިސްރާއީލުގެ އަރަބި ރައްޔިތަކު އިސްރާއީލުގެ ދެކުނުގައި އޮންނި ބިއުރުއްސަބްޢުގައި ދިން ހަމަލާއެއްގައި 4 މީހުން މަރުވެފައި ވެއެވެ. އަދި ފާއިތުވި އާދީއްތަ ދުވަހު ޓެލްއަވީވްގެ އުތުރުން 50 ކިލޯމީޓަރު ދުރުގައި އޮންނަ އަލްޚަޟީރާގައި ދިން ހަމަލާއެއްގައި އިސްރާއީލު ފުލުހުންގެ 2 އޮފިސަރަކު މަރުވެ 5 މީހަކު މަރުވެފައި ވެއެވެ. އިސްލާމިކް ސްޓޭޓް (އައިސިސް) އިން ވަނީ މި ދެ ހަަމަލާގެ ޒިންމާވެސް އުފުލާފައެވެ.

އިސްރާއީލު ތެރޭގައި އައިސިސްއިން ހަމަލާދީފަައި ވަނީ ވަރަށް މަދުންނެވެ. އެ ޖަމާއަތުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވަނީ އިރާގާއި ސީރިޔާގައެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަަޒީރު ނަފްތާލީ ބެނެޓް ބުނީ އިސްރާއީލަށް "މުޅިން އާ ހާލަތަކާ" ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އަަދި އޭނާ ވަނީ އިސްްރާއީލުގެ އަމުނުއާއްމުގެ ހާލަތާ ގުޅޭގޮތުން ދިފާއީ ވަޒީރާއި ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރުންގެ އިތުރަށް ޖާސޫސީ ދާއިރާގެ އިސް މީހުންނާ ބައްދަލުކުރަން ނިންމާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.