ކްރައިސްޓްޗާޗް ހަމަލާގެ ދުވަހު ދެއްކި ޖެހިލުންކުޑަކަމުގެ އަގުވަޒަންކޮށް 10 މީހަކަށް މެޑަލް ދީފި

ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތް

ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗްެގެ ދެ މިސްކިތަކަށް 2019 ވަނަ އަހަރު ދިން ޓެރަރިސްޓް ހަަމަލާއާ ކުރިމަތިލުމުގައި ދެއްކި އާދަަޔާ ޚިލާފު ޖެހިލުންކުޑަކަމުގެ އަގުވަޒަންކޮށް އެ ގައުމުގެ ސަރުކާރުން 10 މީހަކަށް މެޑްލް ދީފިއެވެ.

"ރައްކަލަށް ބެލުމެއްނެތި  ނިއުޒީލޭންެްޑްގެ މި ރައްޔިތުން ދެއްކާފައިވަނީ އާދަޔާ ޚިލާފު ޖެހިލުންކުޑަކަމެއް. އެދުވަހު އެ މީހުން އެކުރި ކަންތަކަށްޓަކާ އަަހަރުމެންގެ ހިތުގެ އެންމެ ފުންމިނުން ގަދަރުކޮށް އިހުތިރާމުއަދާކުރަން" މެޑަލް ދިނުމުގެ މުނާސަބަތާ ގުޅިގެން ނެރުއްވި ބަޔާނެެއްގައި ބޮޑުވަޒީރު ޖެސިންޑާ އާޑާން ވިދާޅުވެފައި ވެއެވެ.

"އޭގެެތެރޭން ކޮންމެ މީހަކު ވަނީ އަނެކުން ސަލާމަތްކުރުމަށްޓަކާ ތިމާގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފައި. އެ އެންމެން ވެގެެން އެ މަސައްކަތް ނުކުރިނަމަ، ގެއްލުނު ފުރާނައިގެ އަދަދު މާ މަތި ވީސް." އާޑާން ވިދާޅުވެފައި ވެއެެވެ.

2019 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު އޮސްޓްރޭލިޔާގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ބްރެންޓް ވަނީ ކްރައިސްޓްޗާޗުގެ އައްނޫރު މިސްކިތާއި ނިލްވުޑް އިސްްލާމިކް ސެންޓަރުގެ މިސްކިތަށް ވަދެ، އެ ދެ މިސްކިތުގައި ނަމާދަށް ތިބި މީހުންގެ ގަޔަށް ބަޑިޖަހައި، 51 މީހަކު މަރާލައި، 40 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ. ފާއިތުވި އަހަރު އޭނާ ވަނީ ޕެރޯލްގެ ހައްގު ނުލިބޭގޮތަށް އުމުރަށް ޖަލަށް ލާފައެެވެ. މިއީ ނިއުޒީލޭންޑުގައި ކުރި މިފަދަ ފުރަތަމަ ހުކުމެެވެ.

ބުރާސްފަތި ދުވަހު އޮތް މެޑަލް ދިނުމުގެ ރަސްމިއްޔާތުގައި ދެ މީހަކަށް ވަނީ ނިއުޒީލޭންޑުގައި ދެވޭ އެންމެ މަތީ ޝަރަފު، ދަ ނިއުޒީލޭންޑް ކްރޮސްގެ މެޑަލް ދީފައެެވެ. 1990 އަހަރު މި ޝަރަފު ދޭން ފެށިފަހުން މީގެ ކުރިން މި ޝަރަފު ދީފައި ވަނީ އެންމެ ދެ މީހަކަށެވެ.

ފުރަތަމަ މެޑަލް އެ ދުވަހު ޝަހީދުވި ޑރ. ނަޢީމް ރާޝިދުގެ ހަނދާނަށް ދިން އިރު، އޭނާ ވަނީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އައްނޫރު މިސްކިތަށް ޓެރަރިސްޓު ވަނުމުން އޭނާއާ ކުރިމަތިލައި އެތައް ބަޔަަކަށް އެ ތަނުން ސަލާމަތްވެގެން ދިއުމުގެ ފުރުސަތު ހޯދައިދީފައެވެ.

ދެވަނަ މެޑަލް ދިން ޢަބްދުލް ޢަޒީޒު ވަނީ ޓެރަރިސްޓު ބަޑިޖަހުމް ލިންވުޑް މިސްކިތަށް ވަނުމުން އޭނާއާ ކުރިމަތިލާފައެވެ. މިކަމުގެ ސަބަބުން އޭނާ ވަނީ ދެވަނަ ފަހަރަށް މިސްކިތަށް ނުވަދެ ފިލާފައެވެ. އަދި ޢަބްދުލް ޢަޒީޒުގެ ހިތްވަރުގަދަކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވިއެވެ.

4 މީހަކަށް ނިއުޒީލޭންޑް ބްރޭވަރީ ޑެކަރޭޝަން ދިންއިރު، އިތުރު 4 މީހަކަށް ވަނީ ނިއުޒީލޭންޑް ބްރޭވަރީ މެޑަލް ދީފައެެވެ.

"ގިނަ ބައެއްގެ ފުރާނަ ގެެއްލިގެން ދިޔަ، އެހާ ހިތާމަވެރި އެ ދުވަހު މި ދިހަ މީހުން ދެއްކި ކެރުމާއި، ޖެހިލުންކުޑަކަމުން ފެނިގެން ގޮސްފައިވަނީ އިންސާނިއްޔަތުކަމާއި، ތެދުވެެރިކަމާއި، އިޚްލާސްތެރިކަން. ނިއުޒީލޭންޑުން އެކަމުގެ އަގުވަޒަންކޮށް، ގަަދަރުކުރޭ." ބޮޑުވަޒީރު އާޑާންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.