ނޫސް މަޖައްލާތަކުގެ މައުލޫމާތު އަދާހަމަ ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ހޯމް މިނިސްޓްރީން ފަށައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫސްމަޖައްލާތަކުގެ މައުލޫމާތު އަދާހަމަ ކުރުމުގެ ޚާއްސަ މަސައްކަތެއް ފައްޓަވާފައިވާކަން އެމިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނިޝާނާ ހަސަން ވިދާޅުވީ 2020 އަހަރުގެ 31 ޑިސެމްބަރ ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ މައުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 13:30 ގެ ކުރިން މައުލޫމާތަށް އައިސްފައިވާ ބަދަލު އެނގޭނެހެން ސިޓީއަކުން ހޯމް މިނިސްޓްރީއަށް  ނުވަތަ media@homeaffairs.gov.mv އަށް އީމެއިލް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށްފަހު ނޫހުގެ މަސްއޫލުވެރިޔާ، އެޑިޓަރު، އިދާރާ، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފަދަ މައުލޫމާތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ހޯމް މިނިސްޓަރީ އަށް އަންގަވައި ދެއްވުމަށް އެމިނިސްޓަރީން ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ ނިޝާނާ ހަސަން ވިދާޅުވީ ރަޖިސްޓްރީ ކޮށްފައިވާ ނޫސްމަޖައްލާގެ ދަފްތާރުގައި ވޭތުވެދިޔަ 2020 ވަނަ އަހަރުގެ ނިޔަލަށް 228 ނޫސްމަޖައްލާ ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އޭގޭތެރޭގައި އެއްގޮތަކަށްވެސް އަދާހަމަކުރަމުން ނުދާ ނޫސްތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.