ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ޢާއިޝަތު ޒަހާ ހޯދައިފި

މިއަހަރުގެ ނޮންވައިލެންސް ދުވަހުގެ މުނާސަބާގައި ހޯމް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ މިބާރާތުން އެއްވަނަ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އާއިޝަތު ޒަހާ ހޯދައިފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅު ކުރުމާއި އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަންގެ އިސްދަރިވަރުންނަށް އިނާމު ދިނުމަށް ޤައުމީ ޔުނިވަރުސިޓީގައި ރޭ ބޭއްވި ޖަލްސާގައި އިނާމު ޙަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އެވެ.

އެ މުބާރާތުން ދެވަނަ ހޯދީ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ އަނޫފާ ޢާލީއެވެ. ތިންވަނަ ހޯދީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުޙައްމަދު އައިޝް މުސްތާއެވެ.

މުބާރާތުން އެއްވަނަ ފެކަލްޓީއަކީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްއެވެ. ދެވަނަ ހޯދީ އެން.އެން.ޔޫ. ބިޒްނަސް ސްކޫލެވެ. ތިންވަނަ ހޯދީ ފެކަލްޓީ އޮފް އާރޓްސްއާއި ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްއެވެ.

ރޭގެ ހަފްލާގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ތިން ކެޓަގަރީއަކުން ވަނީ އެވޯޑު ދީފައެވެ. ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ދަރިވަރުން ވަނީ އެވޯޑް ހާޞިލްކޮށްފައެވެ. އެ ޔުނިވަރސިޓީން ދޭ ދެވަނަ އަށް އެންމެ މަތީ ޝަރަފް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރ އައްބާސް މުޙައްމަދަށް ވަނީ ރޭ ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.