ފެނުގައި ގަސްހެއްދުން
ފެންބޭނުންކޮށްގެން ގަސްހެއްދުމަކީ، ކާނާގެ ބާވަތްތައް ހިމެނޭ މާއްދާއެއް ބޭނުންކޮށްގެން ގަސް ހައްދައި ބޮޑުކުރުމެވެ. ވެއްޔާއި އެނޫންވެސް އެފަދަ އެހެން އެއްޗެއް ބޭނުންކުރުމަކާ ނުލައެވެ. ބިމާ ނުވަތަ ވެއްޔާނުލައި ފެނުގައި ގަސްހެއްދޭ ބާވަތްތަކެއް މިހާރުވަނީ އީޖާދު ކުރެވިފައެވެ. ފެނުގައި ގަސްހެއްދުމަކީ، މިޒަމާނުގައި ދަނޑުވެރިން ގަޔާވާ އަދި އެތައް ފަސޭހަތަކެއް، އެކަމުގައި ހިމެނިގެންވާ ދަނޑުވެރިކަމުގެ ބާވަތެކެވެ. ކާމޭޒު ކައިރީގައި ކުޑަކުޑަ ނިޒާމެއް ބަހައްޓައިގެންވެސް، ކާން ބޭނުންވާ ފަތެއް ނުވަތަ މޭވާއެއް ތާޒާކަމާއެކު، ކާންވީމަ ވަގުތުން ލިބޭނެ ފުރުޞަތުވެސް މިހާރުވަނީ ހޯދިފައެވެ.
ފެންބޭނުންކޮށްގެން ގަސް ހެއްދުމުގައި އެތައްފައިދާތަކެއް ހިމެނެއެވެ.
- ގަސްހައްދަން ބޭނުންވާ ޖާގަ ކުޑަވުން
- ފެން ޚަރަދު ކުޑަވުން ( ދައުރުވާގޮތަށް ފެންބޭނުންކުރެވި އަދި އެނިޒާމުގައި ބޭނުންކުރެވޭ ފެން، އެހެން ކަމަކަށް ބޭނުން ކުރެވުން
- ވިނަ ނުވަތަ ފަތް އެނިޒާމާ ކައިރީގައި ނުހުރުން
- ގަސްހެއްދޭ ނިޒާމު ކޮންޓްރޯލް ކުރެވޭ ތިމާވެށްޓެއްގައި ގަސް ހެދުން
- ލޮނާއި ހުތް އެކުލެވޭފަދަ ޕީއެޗް ގެ އެއްވެސް އުނދަގުލެއް ގަހަށް ކުރިމަތިނުވުން
- ގަހަށް ޖެހޭ ބަލި މަދުވުން
އަނެއްކޮޅުން ބަލާއިރު، ފެނުގައި ގަސްހެއްދުމުގައި ދަތިތަކެއްވެސް ކުރިމަތިވުން ހިމެނެއެވެ.
- ފެނުގައި ގަސްހެއްދުމަށް އެކަމާބެހޭ ތަމްރީނާއި ޢިލްމު ބޭނުންވުން
- މައްސަލަތައް ދިމާވުމުގެ ފުރުޞަތު ކުޑަވުން
- ބައްޔެއް ޖެހިއްޖެނަމަ، އަވަހަށް ފެތުރުމުގެ ފުރުޞަތު ބޮޑުވުން
- ނޭނގި ކުރެވޭ ކަމަކުން، މުޅިނިޒާމް އެއްކޮށް ހަލާކުވުން
- ފަށައިގަތުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުން
ބިމުގައި ގަސްހެއްދުމުގައި ބޭނުންކުރެވޭ ވެލިފަދަ ތަކެތީގެ ބާވަތްތައް ބޭނުންކުރަންޖެހެނީ، ގަހުގެ މޫތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައެވެ. ބިމުގެ ފަސްފަދަ ތަކެއްޗަކީ، ގަސްކާނާ އެހައިގިނައިން އެކުލެވޭ އެއްޗެއްނޫނެވެ. ގަހަށް ބޭނުންވާ ކާނާގެ މާއްދާތައް ޖެހެނީ ފަހާ އެއްކޮށްގެން އިތުރަށް އަޅައިގެން އުފައްދާށެވެ. ފެނުގައި ގަސްހެއްދުމަށް ބޭނުންކުރެވޭ ކާނާގެ މާއްދާތަކަކީ، ފެނަށް އަޅައި ގިރުވައިގެން ދެވޭ އެއްޗެކެވެ. ފެނުގައި އަބަދުވެސް އެމާއްދާ ހުންނާނެގޮތް ހެދޭނެއެވެ. އަދި އެއީ އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވި، ދެވަނަ ފަހަރަކަށް ބޭނުންވެސް ކުރެވިދާނެ އެއްޗެކެވެ. އެހެންނަމަވެސް، ގަހަށް ކާނާ ނަގާނީ، ގަހަށް ބޭނުންވާ މިންވަރަށެވެ.
ފެނަށް ގިރުވައިގެން، ފެނުގައި ގަސްހެއްދުމަށް ބޭނުންވާ ކާނާގެ މާއްދާތައް އެއްމިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެމާއްދާތައް އޮޅުވައިލެވިއްޖެނަމަ، ގަސްތައް ހަލާކުވެދާނެއެވެ. ފެނުގައި ގަސްހެއްދުމުގެ ތަމްރީނު ބޭނުންވަނީ މިސަބަބަށްޓަކައެވެ.
ފެނުގައި ގަސްހެއްދުމުގެ ބާވަތްތައް (އިނގިރޭސިބަހުގައި ބޭނުންކުރާ ގޮތަށް)
ނިއުޓްރިއެންޓް ފިލްމު ޓެކްނިކް (އެން އެފްޓީ)
ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ނުވަތަ ކުރުކޮށް ކިޔާނަމުންނަމަ، އެން އެފް ޓީއަކީ، ނިއުޓްރިއެންޓް ސޮލިއުޝަން ފިލްމެއްގެ ތެރޭގައި ދައުރުވާގޮތަށް، ގަހުގެ މޫތައް އޭގެތެރޭގައި ހާވާލެވިފައި އޮންނަގޮތަށް، ދޫކޮށްލެވިފައި އޮންނަ ނިޒާމެކެވެ. ގަސްހުންނާނީ ލޯވަޅެއްގައި ޖަހާފައެވެ. ފެންބޭރުވާ ހޮޅީގެ ތެރެއިންލާފައި އޭގެ ބަރުމިނަށް އަބަދުވެސް ފެން ފައިބާގޮތަށް ދައުރުވަމުން ދާނެއެވެ.
ޑީޕްވޯޓަރ ކަލްޗަރ
ޑީޕްވޯޓަރ ކަލްޗަރަކީ، ފެނުގައި ގަސް ހައްދާ އިތުރު ނިޒާމެކެވެ. ގަހުގެ މޫތައް ހުންނާނީ ސީދާ ގަސްކާނާގެ ގިރިފައިވާ ބަޔާ ގުޅިފައެވެ. މިނިޒާމުގައި ފެނުގެ ތެރެޔަށް އޮކްސިޖަން ފޮނުވަން ޖެހެއެވެ.
އެބް އެންޑް ފްލޯވ
އެބް އެންޑް ފްލޯވ ގެ ނިޒާމުގައި ގަސްމުށީގައި އިންދާފައި ހުންނަ ގަސްތައް ހުންނާނީ ގަސްހައްދާ ތަބަކަކަށް ލާފައެވެ. ތަބަށް ހުންނާނީ ކާނާގެ ބާވަތްތަކުން ފުރިފައެވެ. ވަކިވަރެއް ވަންދެންނެވެ. އެއަށްފަހު ފެން ފައިބާ ހުސްވާނެއެވެ. އަދި އަލުން ހަމައެފެން، ބޭނުންކުރެވޭނެއެވެ.
ހައިޑްރޮޕޯނިކްސް ޑްރިޕް ސިސްޓަމް
މިނިޒާމުގައި، ގަހަށް ބޭނުންވާ ކާނާ ފޯރުކޮށްދެވެނީ ޑްރިޕް ސިސްޓަމެއް ބޭނުންކޮށްގެންނެވެ. ގަސްތައް ހުންނާނީ ގަސްހައްދާ، އެކިވަރުގެ ކޮތަޅާއި ގަސްމުށި އަދި ގަސްހައްދާ އެނދުފަދަ ތަކެތީގައެވެ. މިނިޒާމުގެ ތެރެއިންލާފައި ފުލުން އަންނަ ފެން ދައުރުވަމުންދާނެއެވެ.
އެއަރޯޕޯނިކްސް
މިނިޒާޟުގައި ގަސަގަހުގެ މޫތައް ހުންނާނީ ވަޔަށް ދޫކޮށްލެވިފައެވެ. އަދި ވަކި ގަޑިޔަކަށް ތަރުތީބުކުރެވިފައިވާ ނިޒާމަކުން ގަހުގެ މުލަށް ގަސްކާނާ ބުރުވިގެންދާނެގޮތް ހެދިފައި ހުންނާނެއެވެ. ނޮޒްލް އެއް ބޭނުންކޮށްގެންނެވެ.
މިއީ، ކާމޭޒުކައިރީގައި ބަހައްޓާލެވޭވަރުގެ ހައިޑްރޮޕޯނިކްސް ސިސްޓަމެވެ. ބޭނުންވައްތަރެއްގެ ފަތް މިސިސްޓަމުގައި އިންދައި ހެއްދިދާނެއެވެ. ކާމޭޒު ކައިރިން ތާޒާކަމާއެކު މިސިސްޓަމުން ފަތްބޭނުން ކުރެވިދާނެއެވެ. މިސިސްޓަމުގައި ހެއްދޭނީ 12 ގަހެވެ. ތަފާތު 12 ގަހެއްވެސް ހެއްދިދާނެއެވެ. އިރުގެ އަލިލިބޭ ބޮތްކަކާއެކު ތައްޔާރުކުރެވިފައިވާ މިސިސްޓަމުގެ އަގަކީ 1402 ރުފިޔާއެވެ. ބޮޑުމިނަކީ، 7 އިންޗި، 15.7 އިންޗި އަދި 19 އިންޗިއެވެ. ބަރުދަނަކީ، 1.86 ކިލޯއެވެ.