ޔޫރޯ 2020: ގްރޫޕް ސީން ނެދަލެންޑްސްއާއި އޮސްޓްރިއާ ދެވަނަ ބުރަށް

ޔޫރޯ 2020 ގައި މިރޭ 9 ޖެހިއިރު ކުޅުނީ ދެ މެޗެވެ، ފުރަތަމަ މެޗުގައި ނޯތު މެސަޑޯނިއާއާ ކުޅެ ނެދަަލެންޑްސް މޮޅުވީ 3 ލަނޑު 0 ލަނޑުންނެވެ. ދެވަނަ މެޗުގައި ޔޫކްރެއިނާ ކުޅެ އޮސްޓްރިއާ މޮޅުވީ 1 ލަނޑު 0 ލަނޑުންނެވެ.

މިރޭ ކުޅުނީ ގަރޫޕް ސީ ގެ ފަހު މެޗުތަކެވެ. މިރޭގެ މެޗުތައް ނިމުނު އިރު ގްރޫޕުގެ އެންމެ ކުރީގައި 9 ޕޮއިންޓާއެކު އޮތީ ނެދަނޭންޑްސް އެވެ. ނެދަލެންޑްސް ގްރޫޕް ސްޓޭޖްގެ ކުޅުން މި ނިންމައިލީ އެއްވެސް މެޗަކުން ބަލި ނުވެއެވެ. ދެވަނައިގައި އޮތީ 6 ޕޮއިންޓާއެކު އޮސްޓްރިއާއެވެ. ތިން ވަނައިގައި އޮތީ ޔޫކްރެއިނެވެ. ހަތަރު ވަނައިގައި ނޯތު މެސަޑޯނިއާއެވެ. މެސްޑޯނިއާ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. މި ނަތީޖާއާއެކު މި ގްރޫޕުން ދެވަނަ ބުރަށް ދިޔައީ ނެދަލޭންޑްސް އާއި އޮސްޓްރިއާއެވެ.

މިހައިތަނަށް ކލުޅުން މުޅިން ނިމިފައިވާ އަނެއް ގްރޫޕަކީ ގްރޫޕް އޭއެވެ. އެ ގްރޫޕުން ދެވަނަ ބުރަށް ދިޔައީ އިޓަލީއާއި ވޭލްސް އެވެ. އިޓަލީއަށް ލިބުނީ 6 ޕިޮއިންޓެވެ. ވޭލްސްއާއި ސްވިޓްޒަލޭންޑަށް 4 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ވޭލްސް ދެވަނައަށް ދިޔައީއެވެ. ގްރޫޕުގެ އެންމެ ފަހަތުގައި އޮތް ތުރުކީ އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.

މިރޭ މެންދަމު 12 ޖަހާއިރުވެސް ދެ މެޗު ކުޅެނެއެވެ. އެއީ ގްރޫޕް ބީ ގެ ދެ މެޗެވެ. މި ގްރޫޕުގައި މިހާރު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެ 6 ޕިއިންޓް ހޯދާފައިވާ ބެލްޖިއަމެވެ. ދެވަނައިގައި 3 ޕޮއިންޓާއެކު ރަޝިއާއެވެ. ތިން ވަނައިގައި އޮތް ފިންލެންޑަށްވެސް ލިބިފައި ވަނީ 3 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޑެންމާކަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

12 ޖަހާއިރު ކުޅޭ ދެ މެޗަކީ ޑެންމާކް ރަޝިއާ މެޗާއި އިޓަލީ ފިންލެންޑް މެޗެވެ.

މިރޭ 6 ޖެހިއރު ކުޅުނު ދެ މެޗުގެ ތެރެއިން އޮސްޓްރިއާ އާއި ޔޫކްރެއިންގެ މެޗަށް ބަލާއިރު ޔޫކްރެއިން އަކަށް އެ ޓީމުގެ އަސްލު ކުޅުމެއް ނުދެއްކުނެވެ. އޮސްޓްރިއާއިން އެ ފުރުސަތެއް ނުދިނެވެ. އޮސްޓްރިއާ ލަނޑު ޖަހާފައި މެޗުގެ 21 ވަނަ މިނިޓުގައި ކްރިސްޓޮފް ބޮމްގާޓްނާ އެވެ.

ނެދަލެންޑްސް ނޯތު މެސަޑޯނިއާ މެޗަށް ބަލާއިރު މެސަޑޯނިއާއަކީ މި މެޗުން މޮޅުވީނަމަވެސް ފުރުސަތެއް ލިބޭނޭ ޓީމެއް ނޫނެވެ. އަނެއްކޮޅުން ނެދަލެންޑްސް އޮތީ މިރޭގެ މެޗާ ނުލައިވެސް ދެވަނަ ބުރަށް ގޮސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.