ޔޫރޯ 2020: ފިންލެންޑް ބަލިކުރުމަށް ފަހު ރަޝިއާ ދެވަނަ ބުރުގެ އުއްމީދު އާކޮށްފި

ޔޫރޯ 2020 ގައި މިއަދު އިރުއޮއްސި 6 ޖެހިއިރު ކުޅުނު މެޗުގައި 1 ލަނޑު 0 ލަނޑުން ފިންލެންޑް ބަލިކުރުމަށް ފަހު ރަޝިއާ މުބާރާތުގައި ފުރަތަމަ ފަހަރަށް 3 ޕޮއިންޓު ހޯދައިފިއެވެ. ރަޝިއާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބެލްޖިއަމް އަތުން ބަލިވެފައެވެ. މިއީ 2012 ގައި އޮތް ޔޫރޫ މުބާރާތުގައި 4 ލަނޑު 1 ލަނޑުން ޗެކް ރިޕަބްލިކް ބަލިކުރި ފަހުން ޔޫރޫ މުބާރާތެއްގައި ރަޝިއާ މޮޅުވީ ފުރަތަމަ މެޗެވެ. ރަޝިއާ މިހާރު އޮތީ ގްރޫޕުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ބެލްޖިއަމެވެ. ތިންވަނައިގައި ފިންލެންޑެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލިބިފައި ވަނީ 3 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބެލްޖިއަމަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑެއް ޖެހީ ފިންލެންޑުންނެވެ. މެޗު ފެށުނުތާ ހަތަރު ވަނަ މިނިޓުގައި ޕޮޔަންޕާލޯ ޖެހި ލަނޑު ވެގެން ދިޔައީ އޯފްސައިޑް ލަނޑަކަށެވެ.

ފިންލެންޑުން ދެވިފައި ވަނީ 11 ހަމަލާއެވެ. އޭގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ.

ރަޝިއާއިން 14 ހަމަލާ ދީފައި ވެއެވެ. ގޯލަށް އަމާޒުވީ ތިން ހަމަލާއެވެ. އޭގެ ތެރެއިން އެއް ހަމަލާއަކީ ރަޝިއާ މިރޭ ޖެހި ހަމައެކަނި ލަނޑެވެ.

ލަނޑު ޖަހައިފައި ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައެވެ. މި ލަނޑު ޖަހައިފައި ވަނީ މިރަންޗުކެވެ. މި ލަނޑަށް ފަހުވެސް ލަނޑު ޖަހާނޭ ބައެއް ފުރުސަތު ފިންލެންޑަށް ލިބުނެވެ. އެކަމަކު އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުނެވެ. ފިންލެންޑަށް މިހާރތު ފުރުސަތެއް އޮތީ ދެން ކުޅޭ މެޗެއްހގައި މޮޅުވެގެންނެވެ. އެ މެޗުގައި ބައްދަލު ކުރާނީ ބެލްޖިއަމާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.