ޔޫރޯ 2020: އޮސްޓްރިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޔޫރޯ 2020 މިއަދު ކުޅުނު ދެވަނަ މެޗުގައި 3 ލަނޑު 1 ލަނޑުން ނޯތު މެސަޑޯނިއާ ބަލިކޮށް އޮސްޓަރިއާ ތިން ޕޮއިންޓް ހޯދައިފިއެވެ. މިއީ މެސަޑޯނިއާ މި ފެންވަރުގެ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ އެންމެ ފުރަތަމަ މިނިޓުން ފެށިގެން މެޗު ކޮންޓްރޯލު ކުރަމުން ގެންދިޔައީ އޮސްޓްރިއާ އެވެ. އޮސްޓްރިއާގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ 18 ވަނަ މިނިޓުގައެވެ. ލަނޑު ޖެހީ ސްޓީވަން ލައިނާއެވެ. ލަނޑު ޖެހުމަށް ފަހު އޭނާ ވަނީ ޑެންމާކުގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަނަށް ޚާއްސަ ކޮށްފައިވާ މެސެޖެއް ކެމެރާތަކަށް ދައްކާފައެވެ. އެ މެސެޖު ލިޔެފައި އޮތީ ގަންޖުފަރާހެއްގައެވެ.

އޮސްޓްރިއާ ލަނޑު ޖެހިތާ ދިހަ މިނިޓު ފަހުން މެޗުގެ 28 ވަނަ މިނިޓުގައި މެސްޑީޯނިއާ ލަނޑެއް ޖެހިއެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން ޕާންޑެވްއެވެ.

ދެވަނަ ހާފު ފެށުމާއެކު އޮސްޓްރިއާގެ ކުޅުންވެސް ވަރުގަދަ ވެގެން ދިޔައެވެ. ޓީމަށް ބައެއް ބަދަލުތައް ގެނެސްގެން ކުރިއަށް އަރައި ހަމަލާތައް ވަރުގަދަ ކުރާން ފެށިއެވެ.

ފަހު ހާފުގައި މެސްޑީނިއާއަށް ލަނޑު ޖަހާނޭ ފުރުސަތު ހޯދިއެވެ. އެހެންނަނމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

އޮސްޓްރިއާގެ ދެވަނަ ލަނޑު ޖެހީ 78 ވަނަ މިނިޓުގައި ގްރެގޮރިޗެވެ. ތިންވަނަ ލަނޑު ޖެހީ 89 ވަނަ މިނިޓުގައި އަރްނޯޓޮވިޗެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.