ޔޫރޯ 2020: ގްރޫޕް ޑީން ދެވަނަ ބުރަށް އިންގްލަންޑާއި ކްރޮއޭޝިއާ

ޔޫރޯ 2020 މުބާރާތުގެ ގްރޫޕް ޑީން ދެވަނަ ބުރު ކަށަވަރުކުރި ދެ ޓީމަށް އިންގްލަންޑާއި ކްރޮއޭޝިއާ ވެއްޖެއެވެ.

ކްރޮއޭޝިއާ ދެވަނަ ބުރަށް ދިޔައީ 4 ޕޮއިންޓާއެކު ސްކޮޓްލަންޑް 3 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. އިންގްލަންޑް ދެވަނަ ބުރަށް ދިޔައީ 7 ޕޮއިންޓާއެކު ޗެކް ރިޕަބްލިކް 1 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

މިރޭގެ މެޗުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ. މެދުތެރެއިން ބޯޅަ ހިފަހައްޓައި ކުރިއަށް ބޯޅް ދިނުމުގެ އިތުރަށް ކުރިއަށް އަރައި ސްކޮޓްލަންޑްގެ ގޯލަށް ނުރައްކާ ކުރުމުގައިވެސް އޭނާގެ ރޯލު ވަރަށް ބޮޑެވެ.

ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު ޖަހައިފައި ވަނީ މެޗުގެ 17 ވަނަ މިނިޓުގައި ވެލަސިޗެވެ. މެޗުގެ ފުރަތަމަ ހާފު ނިުމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމު އެއްވަރު ވެފައި އޮވެގެންނެވެ. ސްކޮޓްލަންޑްގެ ލަނޑު ޖަހާފައި ވަނީ 42 ވަނަ މިނިޓުގައި މެކްގްރެގަރއެވެ.

ދެވަނަ ހާފު ފެށުމާއެކު ކްރޮއޭޝިއާގެ ކުޅުން ފެނިގެން ދިޔައީ ފުރަތަމަ ހާފަށްވުރެ ހަލުވިކޮށެވެ. ޚާއްސަކޮށް މެދުތެރޭގެ ހަރަކާތް ފުރަތަމަ ހާފަށްވުރެ މާ ބޮޑަށް ރަނގަޅު ވެގެން ދިޔަތަން ފެނުނެވެ.

ކްރޮއޭޝިއާގެ ދެވަނަ ލަނޑު ޖެހީ 62 ވަނަ މިނިޓުގައި ކެޕްޓަން މޮޑްރިޗެވެ. ތިންވަނަ ލަނޑު ޖެހީ 77 ވަނަ މިނިޓުގައި ޕެރިސިޗެވެ.

އިންގްލަންޑާއި ޗެކް ރިޕަބްލިކް ކުޅުނު މެވުގައި އިންގަލަންޑްގެ ލަނޑު ޖަހާފައި ވަނީ މެޗުގެ 12 ވަނަ މިނިޓުގައި ސްޓަރލިންގ އެވެ.

މި މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅޭނެއެވެ.

ރޭގަނޑު 9 ޖަހާއިރު:

1.  ސްލޯވާކިއާ - ސްޕެއިން

2. ސްވިޑްން - ޕޮލަންޑް

މެންދަމު 12 ޖަހާއިރު:

1.  ޕޯޗްގަލް - ފްރާންސް

2. ޖާމަނީ - ހަންގެރީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.