ޔޫރޯ 2020: ޖާމަނީން މޮޅު ކުޅުމެއް ކުޅެ ޕޯޗުގަލް ލަދުގަންނަވާލައިފި

ޔޫރޯ 2020 ގައި މިރޭ 9 ޖެހިއިރު ކުޅުނު މެޗަކީ މި މުބާރާތުގައި އެންމެ އާދަޔާ ޚިލާފު ނަތީޖާއެއް ފެނުނު މެޗެވެ. ޖާމަނީއާއި ޕޯޗްގަލް ކުޅުނު މެޗު ނިމުނީ 4 ލަނޑު 2 ލަނޑުން ޖާމަނީ މޮޅުވެގެންނެވެ.

މެޗު ފެށުމާއެކު ޖަރުމަނުން ވަރަށް ހަލުވިކޮށް ކުޅެން ފަށާއިފިއެވެ. ޕޥުގަލް އިން ގަސްތުކުރީ އޭރިއާ ތެރޭގައި ގިނަ ކުޅުންތެރިން ބައިތިއްބައިގެން ދިފާއު ކުރާށެވެ. ޖާމަނީން ގެންދިޔައީ ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުން ބާރު ބޮޑު ކުރަމުންނެވެ.

މެޗުގެ 6 ވަނަ މިނިޓުގައި ޖާމަނީގެ ސާޖީ ޖިނެބްރީ ލަނޑެއް ޖެހިއެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އެއީ އޯފްސައިޑް ލަނޑެއް ކަމުގައެވެ.

ކައުންޓަރ އެޓޭކެއްގައި ލިބުނު ފުރުސަތުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ މެޗުގެ 15 ވަނަ މިނިޓުގައެވެ.

މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ޖާމަނީއެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ޖާމަނީ ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ ދެ ލަނޑަކީވެސް ޕޯޗުގަލް ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ. މި ދެ ލަނޑު ޖަހާފައި ފަސް މިނިޓުގެ ތެރޭގައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސް މިނިޓުގެ ތެރޭގައި ޖާމަނީ ތިންވަނަ ލަނޑު ޖަހައިފިއެވެ. މި ލަނޑު ޖެހީ ހޮވާޓްޒްއެވެ.

ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގައި ގޮސެންއެވެ.

ޕޯޗުގަލްގެ ދެވަނަ ލަނޑު ޖަހާފައި ވަނީ 67 ވަނަ މިނިޓުގައި ޖޮޓާއެވެ.

މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ޕޯޗުގަލް ކޮޅަށް 4 ލަނޑު ވަން ފުރަތަމަ ފަހަރެވެ.

މި ނަތީޖާގެ ސަބަބުން ޖާމަނީއަށް ދެވަނަ ބުރަށް ދިއުމުގެ އުއްމީދުވެސް އާވީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.