ޔޫރޯ 2020: އިންގްލަންޑުން 1 ލަނޑު 0 ލަނޑުން ކްރޮއޭޝިއާ ބަލިކޮށްފި

ލަންޑަން (ޖޫން 13) - ޔޫރޯ 2020 ގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 1 ލަނޑު 0 ލަނޑުން އިންގްލަންޑް މޮޅުވެއްޖެއެވެ. އިންގްލަންޑް މޮޅުވީ ލަނޑު ޖެހީ 57 ވަނަ މިނިޓުގައި ސްޓްރލިންގ އެވެ.

މުލީ މެޗަށް ބަލާއިރު ފެށިގެން ފުރަތަމަ ހާފުގެ ވިއްސަކަށް މިނިޓު ރަނގަޅަށް ކުޅުނީ އިންގްލަންޑެވެ. އެހެންނަމަވެސް އޭގެ ފަހުން ކްރޮއޭޝިއާ ތަންކޮޅެއް ރަނގަޅަށް ކުޅެން ފެށްޓިއެވެ. އިންގްލަންޑްގެ މެދުތެރެއިން ރަނގަޅަށް ނުކުޅެވުމުގެ ނަތީޖާއެއްގެ ގޮތުން ކޮރްއޭޝިއާގެ ހަމަލާތައް ތަންކޮޅެއް ގިނަވާން ފެއްޓިއެވެ. އިންގްލަންޑްގެ ކެޕްޓަން މެދުތެރޭގައި ކުޅުމުގެ ސަބަބުން ހަމަލާތައް އެހައި ރަނގަޅަށް ތައްޔާރު ކުރެވޭ ގޮތެއް ނުވިއެވެ.

ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް މެދުތެރެއިން ބޯޅަ ހިފަހައްޓާއިގެން ވަރަށް ރަނގަޅަށް ކުޅުނެވެ. އޭނާއަށް އެހީތެރިވަމުން ދިޔައީ މާސެލޯ ބޮރޮޒޮވިޗާއި މަޓެއޯ ކޮވަކިޗެވެ. އެކަމަކު މި ތިން ކުޅުންތެރިން ކުރިއަށް ފޮނުވަމުން ދިޔަ ބޯޅަތައް ކްރޮއޭޝިއާގެ ފޯވަޑުންނަށް ރަނގަޅަށް ބޭނުން ކުރެވޭ ތަނެއް ނުފެނުނެވެ. އެޔާއެކު އިންގްލަންޑްގެ ދިފާއުވެސް ފެނުނީ ވަރަށް ރަނގަޅަށެވެ.

ފަހު ހާފުގައި ދެ ޓީމުންވެސް ލަނޑު ޖަހާނޭ ފުރުސަތުތަކެއް ހޯދިއެވެ. އެކަމަކު މެޗު ނިމިގެން ދިޔައީ 1 ލަނޑު 0 ލަނޑުން އިންގްލަންޑް މޮޅުވެގެންނެވެ.

މިރޭގެ ދެވަނަ މެޗު ފައްޓާނީ މާލޭ ގަޑިން 9 ޖަހާއިރުއެވެ. ބައްދަލު ކުރާނީ އޮސްޓްރިއާ އާއި ނޯތު މެސްޑީނިއާ އެވެ. މެންދަމު 12 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނެދްރލެންޑްސްއާއި ޔޫކްރައިނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.