ޔޫރޯ 2020: ހިތްވަރާއެކު ކުޅުމަށް ފަހު ޔޫކްރެއިން އަތުން ނޯތު މެސަޑޯނިއާ ބަލިވެއްޖެ

ޔޫރޯ 2020 ގައި މިރޭ 6 ޖެހިއިރު ނޯތު މެސަޑޯނިއާއާއެކު ކުޅުނު މެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބު ޔޫކްރެއިން މުބާރާތުގައި އަދި ދެމިތިބުމުގެ އުއްމީދު އާކޮށްފިއެވެ. މެޗުން މޮޅުވީ ނަމަވެސް މި މެޗަކީ ޔކްރެއިނަކަށް އެހައި ފަސޭހަ މެޗަކަށް ނުވިއެވެ.

މީގެ ކުރިން ޔޫކްރެއިން ކުޅުނީ ނެދްލޭންސްއާ އެކީގައެވެ. އެ މެޗުން ޔޫކްރެއިން ބަލިވީ 3 ލަނޑު 2 ލަނޑުންނެވެ. ނޯތު މެސަޑޯނިއާ ބަލިވެފައި ވަނީ އޮސްޓްރިއާ ކުޅެގެންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ 29 ވަނަ މިނިޓުގައި ޔޫކްރެއިންގެ ޔާމޮލެންކޯއެވެ. މިއީ އެ ޓީމަށް ލިބުނު ކޯނަރެއްގެައި ޖެހި ލަނޑެކެވެ.

ދެވަނަ ލަނޑު ޖެހީ 34 މަނަ މިނިޓުގގައެވެ. މިއީ އޭރިއާގެ ކުޑަތަންކޮޅެއް ބޭރުން ޔަރެމްޗުކް ގޯލަށް އަމާޒުކޮށް ފޮނުވާލި ބާރު ބޯޅައެކެވެ. ނޯތު މެސްޑީނިއާ ކުޅުންތެރިން ތިބީ އޭނާ އޯދފްސައިޑް ކަމަށް ބަލައިގެންނެވެ. އެކަމަކު އޭނާ އެކަން ވިސްނައިގެން ކުޑަކޮށް ފަހަތަށް ޖެހިލުމަށް ފަހު ކުއްލިއަކަށް ދުއްވައިގަތުމުގެ ސަބަބުން އޯފްސައިޑް މަޅިން ސަލާމަތް ވީއެވެ.

38 ވަނަ މިނިޓުގައި ނޯތު މެސްޑީނިއާއިންވެސް ލަނޑެއް ޖެހިއެވެ. އެކަމަކު މި ލަނޑު ވެގެން ދިޮޔައީ އޯފްސައިޑް ލަނޑަކަށެވެ.
މެސްޑީނިއާއަށް މި މެޗުގައި ޖެހުނު ލަނޑު ޖަހައިދީފައި ވަނީ 55 ވަނަ މިނިޓުގައި އަލިއޯސްކީއެވެ.

މި މެޗުގައި ދެ ޓީމަށް ދެ ޕެނަލްޓީ ލިބުނެވެ. އެކަމަކު ދެ ޓީމުންކުރެ ޓީމަކަށް ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.