ސްރީލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، އެބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރުވަމުން ދާތީ، އެކަން ކޮންޓުރޯލު ކުރުމަށްޓަކައި މާދަމާއިން (އަންގާރަ ދުވަހުން) ފެށިގެން އެއް ހަފުތާއަށް ލޮކްޑައުން ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެެވެ.
"މިހާރު ދަތުރު ކުރުމަށް އޮތް ހިފެހެއްޓުންތަކަށް އަހަރުމެން ލުއި ދޭނީ މާދަމާ (25 މޭ) ގެ ފަތިހު 4:00 އިން ފެށިގެން އޭރުން މީހުންނަށް އަސާސީ ބޭނުންތަކަށް ތަކެތި ގަނެެވޭނެ. އެހެންނަަމަވެސް އުޅަނދު ފަހަރު ދުއެްްވުމުގެ ހުއްދަ ނުދޭނެ." ސިފައިންގެ ވެރިޔާ އަދި ކޮވިޑް-19 ޕްރިވެންޝަން ޓާސްކް ފޯސްގެ ވެރިޔާ ޖެނެރަލް ޝަވެންދްރަ ސިލްވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މާދަމާރޭ 11:30 ގައި ފެށޭ ލޮކްޑައުން ނިމޭނީ މި މޭ މަހުގެ 31 ވަނަ ދުވަހުއެވެ.
ޖެނެރަލް ސިލްވާ އިތުރަށް ވިދާޅުވި ގޮތުގައި ޖޫން މަހުގެ ފުުރަތަމަ ހަފުތާގައި ވެސް ލޮކްޑައުން ކުރިއަށް ގެންދާނެއެވެ. އެެހެންނަމަވެސް، ޖޫޫން 4 އާއި 7 ގައި ލުއިތަކެއް ދެވޭނެއެވެ.
ފުރިހަމަ ލޮކްޑައުންއަކަށް ގޮސްފައި ނުވި ނަމަވެސް، ސްރީލަންކާ މީހުން މި މޭ މަސް އެކުގައި ކަހަލަ ގޮތަކަށް ހޭދަކުރަމުންދަނީ ގާތްގަނޑަކަށް ލޮކްޑައުންގެ ހާލަތުގައެވެ. އެެއްވެ އުުޅުން މަނާކޮށްފައިވާއިރު، ކައިވެނި ހަފުލާތައްވެސް ބޭއްވުން މަނާކޮށް، މަދަރުސާތަކާއި، ސަރުކާރުގެ އޮފީސްތައްވެސް ވަނި ބަންދުކޮށްފައެެވެ.
އަސާސީ ޚިދުމަތްތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަނި ދަތުރުުކުރުމުގެ ހުއްދަ ދީފައި ވާއިރު، އާއްމު ބަހުގެ ޚިދުމަތާއި، ރޭލު ދަތުރުވެސް ވަނީ ހުއްޓައިލާފައެވެ.
މިފަދަ ވަރުގަދަ ފިޔަވަޅުތަކެއް އެޅީ އެޕްރީލް މަހުގެ މެދުތެރޭގައި ފާހަގަކުރި ސިންގަޅަ އައު އަހަރަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މާބޮޑަށް އިތުރުވާން ފެށުމުންނެވެ.
ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވީ ފާއިތުވި ހޮނިހިރު ދުވަހުއެެވެ. އެ ދުވަހު އެގައުމުގައި ކޮޮވިޑް-19 ގައި 46 މީހުން މަރުވެފައި ވެއެވެ. މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެެއާ ހަަމައަށް 56 ހާހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
ސިއްހީ ތަޖުރިބާކާރުން އެދެމުން ގޮސްފައިވަނީ ބަލި ކޮންޓުރޯލުކުރުމަށްޓަކައި މަދުވެގެން 2 ހަފުތާގެ ފުރިހަަމަ ލޮކްޑައުންްއަކަށް ދިއުމަށެވެ.