ކޯވިޑް-19 ގައި މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ގައި މިއަދު ތިންވަނަ މީހަކު ނިޔާވެއްޖެކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެއީ ހުޅުމާލޭ ފެސިލިޓީގައި ބާއްވައިފައި އޮތް އުމުރުން 83 އަހަރުވީ ފިރިހެނެކެވެ. އޭނާ ނިވާޔީ މެންދުރު ފަހު 3.10 ގައެވެ.

މިއަދު އެންމެ ފުރަތަމަ ނިޔާވީ ކަމަށް އިއުލާނުކޮށްފައި ވަނީ ރޭ މެންދަމު 2.38 ގައި ހުޅުމާލޭ ފެސިލިޓީގައި ނިޔާވީ އުމުރުން 81 އަހަރުގެ ފިރިޔހެނެކެވެ. ދެވަނައަށް ވިޔާވީވެސް ހުޅުމާލޭ ފެސިލިޓީގައި އޮތް މީހެކެވެ. އެއީ އުމުރުން އެންމެ 30 އަހަރުގެ ޒުވާން އަނެހެނެކެވެ. އޭނާ ނިޔާވީ ރޭ ފަތިހު 4.30 ގައެވެ.

މިއަދު ނިޔާވީ ތިން މީހުންނާއެކު ކޯވިޑް-19 ގައި ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު 97 އަށް އެރީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.