ހަވީރު 4 އިން ފެށިގެން ކާފިއު - މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލަނީ

ރާއްޖޭގައި ހަލުިވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދާތީ ހަވީރު 4 އިން ފެށިގެން ފަތިރހު 4 އާ ހަމައަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ކާފިއު ހިންގަން ނިންމާފައި ވަނީ މާދަމައިން (މޭ 12 އިން) ފެށިގެން 1 ހަފުތާއަށެވެ. ކާފިއުގެ މުއްދަތުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން މަނާވާނެއެވެ. އެފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތާއި ޓޭކްއަވޭގެ ޚިދުމަތް ދެވޭނެއެވެ. ޑެލިވަރީގެ ޚިދުމަތް ދިނުން މެންދަމު 12 އާ ހަމައަށް ހުއްދައެވެ.

ކާފިއުގެ ތެރޭގައި އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުންވެސް ހިމެނެއެވެ.

އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ގޮތުގައި ގައިޑުލައިނާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.