އާފަތިސް ބަދިގެ: ކެރޮޓް ސެލަޑް 

މިއީ ވަރަށް ފަސޭހައިން އަވަހަށް ތައްޔާރު ކޮށްލެވޭނެ ސެލަޑެކެވެ. ނުވަތަ ސަޓަންޏެކެވެ. ސައިޑް ޑިޝް އެއްގެ ގޮތުގައި ރޯދަ ވީއްލުމަށާއި ހާރުކެއުމަށް ކަމުދާނެ ހަށިގަނޑަށް ފައިދާ ހުރި ބާވަތެކެވެ. 

ބޭނުންވާތަކެތި

  • 450 ގްރާމް ކެރޮޓް (ދިގުކޮށް ގާނާފައި) 
  • 3 ކަދުރު (އޮށްނަގައި ކުދިކޮށް ކޮށާފައި) 
  • ¼ ޖޯޑު ޕިސްތާޝިއޯ (ކުދިކޮށް ކޮށާފައި) 
  • ⅓ ޖޯޑު ކޮރިއެންޑާ ލީފް (ހިމުންކޮށް ކޮށާފައި) 
  • ¼ މިންޓް ލީފް ( ބޭނުންނަމަ) 

ސެލަޑް ޑްރެސިންގ އަށް 

  • 2 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް
  • 2 މޭޒުމަތީ ސަމުސާ ތާޒާ ލެމަން ޖޫސް
  • 1 މޭޒުމަތީ ސަމުސާ ޓާހިނީ ނުވަތަ ޕީނަޓް ބަޓަރ
  • 1 މޭޒުމަތީ ސަމުސާ މާމުއި
  • 1 ކުޑަ ލޮނުމެދު (ހިމުންކޮށް ގާނާފައި) 
  • ¼ ސައިސަމުސަލުގެ ދިރި 
  • ¼ ސައިސަމުސާ ސީ ސޯލްޓް ނުވަތަ އާދައިގެ ލޮނު

ތައްޔާރު ކުރާނެ ގޮތް 

1- ގާނާފައި ހުރި ކެރޮޓް ކޮޅު ބޮޑު ބޯތަށްޓަކަށް އަޅާލުމަށް ފަހު އޭގެ މައްޗަށް ކަދުރުކޮޅު އަޅާލާށެވެ. 

2- ކުޑަ ބޯތަށްޓެއްގައި ސެލަޑް ޑްރެސިންގ އަށް ހޯދި ތަކެތި އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. 

3- ސެލަޑް ޑްރެސިންގ ތައްޔާރު ކުރުމަށްފަހު، ކެރޮޓުތައް މައްޗަށް އަޅާލާ އެއްކޮށްލާށެވެ. ދެން ކޮށައިފައި ހުރި ޕިސްތާޝިއޯ އާއި ކޮރިއެންޑާ ސެލަޑްގެ މައްޗަށް އަޅާލާށެވެ. ބޭނުންނަމަ ސެލަޑް ތަށީގެ އެންމެ މައްޗަށް މިންޓް ލީފް އަޅާލެވިދާނެއެވެ.

ނޯޓް: މި ސެލެޑް ތިން ދުވަސް ވާންދެން އައިސް އަލަމާރީގައި ބަހައްޓައިގެން ބޭނުން ކުރެވިދާނެއެވެ. ނަމަވެސް އެންމެ ރަނގަޅީ ތާޒާކޮށް ކެއުމެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.