ރޯދަ ބަދިގެ: ބަނާނާ  ފްރިޓާޒް

ބަނާނާ ފްރިޓާޒް އަކީ ރޯދަވީއްލުމަށް ރަނގަޅު، ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ސިއްހަތަށް ފައިދާ ހުރި ފޮނި ހެދިކާއެކެވެ. މާގިނަ ތަކެއްޗެއްވެސް މި ހެދިކާ  ތައްޔާރުކުރުމަކަށް ބޭނުމެއް ނުވާނެއެވެ. 

ބޭނުންވާ ތަކެތި

  • ބޮޑު ތިންވައް ދޮންކެޔޮ
  • 100 ގްރާމް ގޮދަން ފުށް
  • 1 ސައިސަމުސާ ބޭކިންގ ސޮޑާ
  • 1/4 ސައިސަމުސާ މުގުރި ފޮނިތޮށި
  • 1 ބިސް
  • 150 އެމްއެލް ކިރު
  • ވެޖެޓަބްލް އޮއިލް 

ތައްޔާރު ކުރާނެ ގޮތް

1-  ފުށާއި ބޭކިން ސޮޑާ އަދި ފޮނިތޮށި ކޮޅު ބޮޑު ބޯތަށްޓަކަށް އަޅައި އެއްކޮށްލާށެވެ.  ދެން ފުށްއެތީގެ މެދުގައި ވަޅުކޮޅެއް ހަދައި އެތަނަށް ބިހާއި ކިރުފޮދުގެ އެއްބައި އަޅައިލާށެވެ.  ދެން އޮމާންވަންދެނެގިރައިލާށެވެ. ގިރަމުން ދާއިރު ބާކީ ހުރި ކިރުފޮދުވެސް އަޅާލައިގެން ގިރައިލާށެވެ.

2- ތޮށި ނޮޅާލުމަށްފަހު ދޮންކެޔޮ މެދުން ފަޅައިލާށެވެ. އަދި ކޮންމެ ފަޅިއެއް ދެބުރި ނޫނީ ތިން ބުރި ކޮށްލާށެވެ. 

3- ތެޔޮ އެތި ހޫނު ވުމުން ދޮންކެޔޮ ކޮޅު ފުށްގަނޑަށް ލައިފައި ނަގައި ތެޔޮ އެއްޗަށް ލާށެވެ.  ތެޔޮގަނޑަށް ދޮންކެޔޮ އަޅާއިރު އެއް ފަހަރާ މާގިނައިން ނާޅާށެވެ. އެތިކޮޅުތައް ތަތްލަވާ ގޮތް ވެދާނެއެވެ. 

4- ބުރައުން ކުލަ އަރާލަންދެން ދޮންކެޔޮ ތެލުލާށެވެ. ބަނާނާ ފްރިޓާޒް  މާމުޔާ ޖަހައިގެން ވެސް ކެވިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.