ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު ސަރުކާރަށް ނެތަސް އެއްބާރުލުން ދޭނަން: ރައީސުލްޖުމްހޫރިއްޔާ

ފޮޓޯ: ރައީސް އޮފިސްް

މާލޭ ސިޓީގައި ހުރި ކަންތައްތައް އެނގިވަޑައިގަންނަވާ ކަމަށާއި ދާންވީ އޭގެ އެންމެ ފުން މިނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބަްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޝާލިޙް ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރޭގައި މާލޭގައި 4000 ފްލެޓުއެޅުމާއި އެ އަދަދު އިތުރު ކުރަމުން ގޮސް 13000 އަށް ދިއުމާއި ގުޅިފަޅުން 1200 ގޯތި ދިނުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު ސަރުކާރަށް ނެތް ނަމަވެސް މާލޭގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރާ މަސައްކަތް ސަރުކާރުން ކުރާނޭ ކަމަށާއި ސިޓީ ކައުންސިލަށް ދެއްވަން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.