އެމްއާރުއެމްގެ ޓީކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިފި

އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީން ފުރުސަތު ހުޅުވައިފިއެވެ.

"ދެހާސް ވިހި ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް،އާރް.އެމް ގެ ފަރާތުން ވާދަކުރެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިން،" އެމްއާރުއެމުން ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރަށްވަން ބޭނުންވާ ބޭފުޅުން،  ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނަންބަރާއި ވާދަކުރައްވާ ކައުންސިލް ގެ ނަން ޖެއްސެވުމަށްފަހު އަންނަ ޖެނުއަރީމަހުގެ 25 ވަނަދުވަހު 4:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް އެޕާޓީއަށް އަންގައި ދެއްވުމަށް އެމްއާރުމުން ވަނީ އެދިވަޑައިގެންފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާނަމަ 7563664 މި ނަމްބަރަށް ގުޅުއްވުމަށް ވެސް އެޕާޓީން ވަނީ އެދިވަޑައިގެންފައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ދޭންޖެހެއެވެ. އެގޮތުން މުޅި ރާއްޖެއިން 372 އަންހެންނުން ކައުންސިލަރުންގެ ގޮތުގައި މިފަހަރު އިންތިޚާބު ވެގެންދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.