14 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ދަނީ ބަލަމުން: ފުލުހުން

ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި ދިޔަ ބުދަ ދުވަހު ފުލުހުން ހާމަކުރި ގޮތުގައި މި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ މި ހިނގާ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ. މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ 11 ވަނަ ދުވަހުއެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ އަތޮޅާއި، ރ އަތޮޅާއި، ބ އަތޮޅާއި، ޅ އަތޮޅެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައިވާ ގޮތުގައި މައްސަލަ ހުށަހެޅުމާއެކު އެކުއްޖާއަށް އަނިާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އަދި އެ ކުއްޖާ ހިމެނޭ އަތޮޅުގެ ސަރަހައްދީ ހަސްފަތާލަުގެ ސްޕެޝްލިސްޓުންނަށްވެސް ވަނީ ދައްކައިފައެވެ. "އަދި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު އެސެސްމަންޓް ހެދުމަށްޓަކައި ކުއްޖ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކަޔަޓްރިސްޓަކަށް (ނަފްސާނީ ބަލީގެ ޑަކްޓަރަކަށް) ދައްކައި ސައިކިއާޓްރިކް އެސެސްމަންޓް ހެދުމުގެ މަސައްކަތް މި ސަރވިސް އިން މި ގެންދަނީ ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރަށް އެކި ފަރާތްތަކުން ހިއްސާ ކުރަމުން ގެންދާ މައުލޫމާތާއި މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.