ޑރ. އާސިމް މަސައްކަތުން އެކަހެރިވެ ތަހުގީގަށް ފުރުސަތު ދެއްވަން ޖެހޭ: ޖަމީލު އުސްމާން

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދް އާސިމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާތި މަސައްކަތުން އެކަހެރިވެ ފުލުހުންނަށް ތަހުގީގުކުރުމަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށް ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްތްރީގެ ތިން މުއައްޒަފަކަށް ޑރ. އާސިމް ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މިނިސްޓްރީ އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅިގެން ޖަމީލު އުސްމާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ފޮރިން މިނިސްޓަރ އާސިމްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައިވާތީ މަގާމުން ވަގުތުން އިސްތިއުފާ ދިނުން ނޫނީ އޮފިޙުގެ މަސައްކަތުން އެކަހެރިވެ ފުލުހުންނަށް ތަހުގީގު ކުރުމަށް ފުރުސަތު ދެއްވަންޖެހޭނެ ކަމަށް" ގަބޫލުކުރައްވާ ކަމަށެވެ.

ޑރ. އާސިމަށް ކުރެވެ ތުހުމަތުތަކާ ގުޅިގެން މިހައިތަނަށް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

މިނިސްޓްރީގެ ބައެއް މުއައްޒަފުންނާއި ސަފީރުން އަދި ބޭރުގެ މިޝަންތަކުގައި ތިއްބަވާ ޑިޕލޮމެޓުންނާއި ކުރީގެ ވަޒީރުން އަދި ޑިޕްލޮމެޓުން ދަނީ ތަހުގީގު އަވަސް ކުރުމަށާއި ތަހުގީގަށް ފުރުސަތު ފަހިކުރުމަށް މަގާޟުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ސޯޝަލްމީޑިއާގައި އަޑުއުފުލަމުންނެވެ. 

ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ޙާލާ ޙަމީދްގެ ޓުވީޓު: 

 

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫންގެ ޓުވޓީ:

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދް މުޙައްމަދް ގެ ޓުވީޓު: 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.