18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ އަތޮޅާއި، ރ އަތޮޅާއި، ބ އަތޮޅާއި، ޅ އަތޮޅެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިމަށް ވަނީ މި ހިނގާ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ. ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ޖެންޑަރ މިނިސްޓްރީއާ ގުޅިގެންނެވެ. މައްސަލައަކީ ކުޑަކުއްޖެއްގެ މައްސަލައަކަށް ވާތީ ކުއްޖާ ނިސްބަތްވާ ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީޑިއާ އޮފިޝަލް ހާމަކުރައްވާފައިވާ ގޮތުގައި ކުއްޖާ ރޭޕްކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި އެކަމުގައި ހިމެނޭ މީހުންގެ އަދަދެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.