ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ދިރިއުޅޭގެ ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިއީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލަޔަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކުރަމުން ގެންދާ މަސައްކަތެކެވެ.
ޢަލީ ވަޙީދު ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރަމުން ގެންދާ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އެ އަންހެން ކުދިން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމާ ގުޅިގެން ޢަލީ ވަޙީދު ވަނީ މަގާމުން ވަކި ކުރައްވައިފައެވެ. އެ އަންހެން ކުދިން ރައީސުލްޖުމްހޫރިއްޔާއަށް މި ވާހަކަ ދެންނެވީ މިކަހަލަ ކަންތައްތައް ޢަލީ ވަޙީދު ކުރަމުން ގެންދާތާ އެތައް ދުވަހެއް ފަހުންނެވެ. އެކުދިން ދެންނެވި ގޮތުގައި ކަންތައްތައް ހައްދުން ނެއްޓި ދެން ކުރާނޭ ކަމެެއް ނެތުނީމާ ދެންނެވީއެވެ. ކުރިން އެވާހަކަ ނުދައްކައި ހިމޭނުން ތިބީ ޢަލީ ވަޙީދު ދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ.
ޢަލީ ވަޙީދު މިކަމާ ގުޅިގެން މާގިނަ ވާހަކައެއް ނުދައްކައެވެ. މައްސަލަ ފެންމަތިވެ ފުލުހުން ތަހުގީގު ކުރަން ފެށީމާ ވަގުތު ޖެހުނީމާ ހަގީގަތް ސާފުވާނެއޭ ކިޔައި ޓުވީޓެއް ކުރިއެވެ.