ފަޒީލު ސަސްޕެންޑްކޮށް މައްސަލަ ތަހުގިގުކުަރަން ފަށައިފި

Photo credit: sun.mv english

މިނިސްޓްރީ އޮފް ފިޝަރީޒް، އެގރިކަލްޗަރ އެނޑް މެރިން ރިސޯސަސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އަހްމަދް ފަޒީލް މަގާމުން ސަސްޕެންޑްކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ޙޫދު ވިދާޅުވީ އޭނާ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާތީ ކަމަށެވެ. އަދި މިހާރު އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ. 

ފަޒީލަކީ ސަރުކާރު ކޯލިޝަން، އެމް.އާރް.އެމްގެ މެންބަރެކެވެ. ފަޒީލުގެ މައްޗަށް ތުހުމަތު ކުރެވެނީ ރޭޕާއި އަނިޔާގެ ތުހުމަތެވެ. އޭނާގެ ފަރާތުން ފުރައްސާރަ ކުރިމަތިވި ބައެއް ކުދިންނާއި އެކުދީންގެ ގާތް މީހުން ވަނީ ޓުވިޓަރގައި އެވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ކުޑަ ކުއްޖަކު ރޭޕްކޮށް އެކުއްޖާ ބަލިވެ އިނުމުން އޭނާއަށް އަނިޔާކޮށް ދަރިފުޅު މަރާލަން އުޅުމާއި، އެކި އުމުރުގެ ކުދީންނަށް ސްނެޕްޗެޓު މެދުވެރިކޮށް އޮރިޔާން ފޮޓޯ ފޮނުވުން ހިމެނެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.