އައްޑޫ ސިޓީގެ ތަރައްގީއަށް 535 މިލިއަން ރުފިޔާ ޚަރަދުކޮށްފި

މި ސަރުކާރުން ތަރައްގީއަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ އެއް ތަނަކީ އައްޑޫ ސިޓީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕޭނުގައި ވާހަކަފުޅު ދައްކަވަމުން ރޭ އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫގެ އެކި މަޝްރޫއުތަކަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި 535.6 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދު ކޮށްފައެވެ. މި ޚަރަދުގެ ތެރެއިން އެންމެ ބޮޑު ބަޔަކީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ކޮށްފައިވާ ޚަރަދެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އައްޑޫގައި ކޯވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ރިސޯޓުތައްވެސް ހުޅުވުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުން ގެންދާ ކަމަށާއި އައްޑޫގައި 8000 އެނދު ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ތެރެއިން 4000 އެނދު ގާއިމުކުރުމަށް ބޭނުންވާ 62 ބިމެއް މިހާރު ބީލަމަށް ލާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.