މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މާލެ ފުރުވާލަނީ

އައްޑޫ ސިޓީ މަރަދޫގައި ހޯމަދުވަހު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އިތުރުފަރުވާ ދިނުމަށްޓަކައި މާލެ ފުރުވާން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ވިދާޅުވީ އޭނާ ފުރުވާލަނީ ޗަޓަރ މަތިންދާބޯޓަކުން ކަމަށެވެ. ބޯޓ ހަމަޖެހުނުހާ އަވަހަށް އެމީހާ ފުރުވައިލާނެ ކަމަށް އެތަނުން ވިދާޅުވިއެވެ.

މިއެކުސިޑެންޓުގައި އޭނާގެ ވާތުފައިވަނީ ބިނދިފައެވެ. ބޯވަނީ ފަޅައިގެންގޮސްފައެވެ. އަދި ބަނޑު ތެރެއަށް ލޭއެޅިފައިވާ ކަމަށް ވެސް އެޗުއާރުއެޗުން ވިދާޅުވިއެވެ.

އެކްސިޑެންޓު ހިނގާފައިވަނީ މަރަދޫ އިން ހިތަދޫއާވީކޮޅަށް މަރަދޫ ޖަސްޓް ޓީއާ ދިމާ ލިންކު ރޯޑުން ދުއްވާފައި ދިޔަ ޕިކަޕެއް ކުއްލިއަކަށް މަޑުކުރުމުން އޭގެ ފަހަތުންއައި ސައިކަލު ކޮންޓްރޯލް ނުވެ އޭގެ ފަހަތުގައި ޖެހިގެންނެވެ. އެނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން ޢުމަރުން 36 އަހަރުގެ އަންހެން މީހާއަށެވެ. އެވަގުތު އޭނާގެ ފަހަތުގައި އިން އަންހެން މީހާއަށްވެސް ވަނީ ނިޔާވެފައެވެ. އެހެންނަމަވެސް އެޗުއާރުއެޗުން ވިދާޅުވީ އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ އެކަކު ކަމަށެވެ.

ޕިކަޕް ދުއްވަން އިނީ އުމުރުން 40 އަހަރުގެ ފުރިހެނެކެވެ. މި އެކްސިޑެންޓުގައި އޭނާއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓު ހިނގާފައިވަނީ ހަވީރު 4:30 އެހައިކަންއިރު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.