ޕޮލިސް ބޯޑަށް އައްޔަންކުރާ އާންމު ދެ މެންބަރުންގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން އައްޔަނު ކުރާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއުލާން ކުރައްވައިފިއެވެ. 

މަޖިލީހުގެ ރައީސް މިކަން އިއަުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ފަށްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ތެރެއިންނެވެ. މިކަން އިއުލާން ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންނަށް ކުރިމަތިލާން މަޖިލީހުގެ އިދާރާއިން ވެސް އާންމުކޮށް މިއަދު ހުޅުވާލާނެ ކަމަށެވެ. އެހެންކަމުން އެ މަގާމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު 22 ފެބްރުއަރީ ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅައިދެއްވުން އެދިވަޑައިގަންނަވާކަމަށެވެ. އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ މެންބަރަކު އައްޔަނު ކުރަންޖެހެނި މަޖިލީހުގެ އަޣްލަބިއްޔަތުންނެވެ. 

ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޮވުމަށް ކުރިމަތިލާނީ ބަޣާވާތުގެ ޢަމަލުތައް "މިޔުޓިނީގެ" މަސައްކަތްތައް ފުލުހުންގެ ތެރޭގައި ހިންގި، މީހުންނާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ކެރޭނެފަދަ ބައެއް ކަމަށް މޭރުންވާ ގޮތަށް ރައީސް ނަޝީދު މިއަދު ވަނީ ވާހަަކަ ފުޅު ދައްކަވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.