ދިވެހި ކަނޑުތަކުން މަސްވެރިކަންކުރުން ހުއްޓުވުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅި ބަހުސް ފައްޓަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭރުގެ މަސްބޯޓް ފަހަރު ދިވެހި މަސް ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅި ބަހުސް ކުރައްވަން ފަށްޓަވައިފިއެވެ. މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިޤަރާރު ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމެވެ. މަޖިލީހަށް ޤަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ  ބޭރުގެ މަސްބޯޓްފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވައި ދިވެހި މަސްވރިންނަށް ހަމަ އަގު ހޯދައިދީ  މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބާރުޅުމަށްޓަކައެވެ. މިޤަރާރަކީ ދިވެހި މަސްވެރިންނަށް ދިވެހި މަސްކަނޑުތައް ހޯދައި ދިނުމުގެ ފެށުނު އާޗެޕްޓަރއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި މަސްކަނޑުތައް ހަމަ އެކަނި ދިވެހިންނަށް ޚާއްޞަ ކުރުމަށްޓަކައި ޤަރާރުގައި ތިންކަމަކަމަށް ގޮވާލައިފައި ވެއެއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަޙައްދުގައި  މަސްވެރިކަން ކުރުމަށް ދީފައިވާ އެންމެހައި ހުއްދަތައް ބާޠިލްކުރުމެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރެވޭނީ ރާއްޖޭގައި ރަސްޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ޤައުމަކުން ބްލެކްލިސްޓްކޮށްފައިވާ ނުވާ ބޯޓްފަހަރު ކަމުގައި ކަނޑައެޅުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޤަރާރުގައި ވަނީ  ދިވެހި ކަނޑުތަކުގައ މަސްވެރިކަންކުރާ އުޅަނދުފަހަރު ހުންނަން ޖެހޭ ސްޓޭންޑަރޑްތައް ކަނޑައެޅުމެވެ. ތިން ވަނަކަމަށްކަށް ޤަރާުގައި ވަނީ ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަންތައް ކަނޑައެޅުމެވެ. މިކަންކަން ކުރުމަށް ކަމާބެހޭ ވުޒާރާއާއި ރައީސުލް ޖުމްހޫރިއްޔާއަށް މި ޤަރާރުގައި ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިއަދުގެ ޖަލްސާގައި ވަނީ މަސްވެރިކަމާ ގުޅޭ އިތުރު ހަތަރު ޤަރާރެއްގެ ފުރަމަ ކިޔުން އިއްވައިފައެވެ. އެއީ ބޭރުގެ ބޯޓުފަހަރު ރ އްޖެއައިސް ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން ހުށަހަޅި ޤަރާރަކާއި ރަށުކައުންސިލާއި އަމިއްލަ ފަރ ތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ޤ އިމްކުރުމާ ގުޅޭގޮތުން ހުށަހަޅ ޤަރާރެކެވެ. އަދި ދިވެހިން މަސްވެރިކަންކުރ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ޤާއިމުކުރުމާ ގުޅޭގޮތުން ހުށަހެޅި ޤަރާރަކާއި އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ މަޖިލީޖަށް ހުށަހެޅި ޤަރާރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.