މިއަދު ކޯވިޑަށް ޕޮޒިޓިވްވި ޢަދަދު 44 ގައި

މިއަދު އިރުއޮއްސި ހަޔަކާހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް 19 އަށް ޓެސްޓްކުރި 1516 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 44 މީހުންނެވެ.   

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވް 44 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވް 34 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވް އަށް މީހުންނާއި ރިސޯރޓްތަކުން ޕޮޒިޓިވް ދެ މީހުންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 12854 އެކެވެ. ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 11681 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1120 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 95 މީހުންނަށެވެ.  

ތަކުރާރުކޮށް ޓެސްޓް ކުރި ސާމްޕަލްތަކާއެކު މިހާތަނަށް 236،182 ސާމްޕަލް ވަނީ ކޯވިޑް- 19 އަށް ޓެސްޓްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.