މިއަދު ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން ދިވެހިންގެ ޢަދަދު 31 ގައި

މިއަދު ކޯވިޑަށް ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ ދިވެހިންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި 45 މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިންނެވެ. ޕޮޒިޓިވް އިތުރު މީހުންގެ ތެރޭގައި ހިމެނެނީ 12 ބަނގްލަދޭޝީންނާއި ދެ އިންޑިއަނުންނެވެ. މިއަދަދާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 3،044 އަކަށް އަރާފައެވެ.

މިހާރު ބަލިޖެހި ފަސޭހަ ނުވެ ތިބީ 617 މީހުންނެވެ. ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ ޢަދަދަކީ 2،397 އެވެ. މިހާތަނަށް ރާއްޖެއިން 68،696 މީހަކު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ.  ކޮވިޑްގައި މަރުވެފައިވަނީ 15 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.