ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން 1676އަށް އެންގުމަށް އެދެފި

މިއަހަރުގެ ފެބްރުއަރީ މަހުެގ 16 ވަނަ ދުވަހުން 20ވަނަ ދުވަހަށް ދުބާއީގައި ބޭއްވި 'ގަލްފް ފުޑް އެކްސްޕޯ' ގައި ބައިވެރިވި ފަރާތްތަކުން އެ މައުލޫމާތު ހިއްސާކުރުމަށް އެޗްޕިއޭއިން އެދެފިއެވެ.

ޑރ. އަފްޒަލް ވިދާޅުވިގޮތުގައި ދުބާއީގައި ބަލި ފެތުރެމުން ދިޔަ ގޮތް ތަފާތު ކަމަށެވެ. އެކްސްޕޯއަށް ދިޔަ މީހުންގެ މައުލޫމާތު އަންގަން އެދުނީ އެމީހންގެ ފަރާތުން އެޗްޕީއޭއަށް ބޭނުންވާ މައުލޫމާތު ސާފުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން ބަލީގެ އަލާމާތެއް ކުރިން ފެނުނުތޯ، ނުވަތަ ރޯގާގެ އަލާމާތެއް ފެނުން ފަދަ ކަމެއް ވީތޯ އޮޅުންފިލުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް މީހަކު ކަރަންޓީނުކޮށް ނުވަތަ އައިސޮލޭޝަނަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.