އިންޑިއާ އަށް ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވީ ބައިސަން ގައި މަސައްކަތް ކުރާ 3 މީހަކު: މަބްރޫކް

ރައްޖޭގައި ތިބި އިންޑިއާ ރައްޔިތުން ފުރި މަނަވަރުގައި ތިބި މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިވްވެފައިވާ ތިން މީހުންނަކީ ބައިސަން ކުންފުނީގައި މަސައްކަތް ކުރާ 3 މީހުން ކަން  ކަށަވަރުކުރެވިފައިވާ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މިރޭ ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިންޑިއާގެ މަނަވަރު އައިއެންއެސް ޖަލަޝްވާގައި މާލެއިން ކޮޗިންނަށް ގޮސްފައިވާ މީހުންގެ ތެރެއިން މި ތިން މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.

މި މަނަވަރު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެފަހަރު ރާއްޖޭގައި ތިބި އިންޑިއާގެ  ރައްޔިތުންގެ ތެރެއިން 698 ރައްޔިތަކު ވަނީ މި މަނަވަރުގައި އަނބުރާ އިންޑިއާ އަށް ގެންގޮސްފައެވެ. މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ 588 އިތުރު މީހަކާއެކު މި މަނަވަރު ވަނީ ދެވަނަފަހަރަށް އިންޑިއާއަށް ގޮސްފައެވެ. އަދި މިހާރު އެ މަނަވަރު ވަނީ ކޮޗިންގެ ބަނދަރާއި ކައިރިކޮށްފައެވެ. މި ދެ ޓްރިޕްގެ؟ ތެރެއިން ޕޮޒިޓިވްވީ ކޮން ޓްރިޕެއްގައި އިންޑިއާ އަށް ދިޔަ މީހުންނެއް ކަމެއް މަބްރޫކް ފާހަގައެއްނުކުރެއެވެ. އަދި ޕޮޒިޓިވްވި ކުންފުނި އަކީ ރާއްޖޭގެ ކޮން ރަށެއްގެ ކުންފުންޏެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އިތުރު ތަފްސީލް ދޭނެކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.