ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ދިޝާ ޕަޓާނީއާއި ޓައިގަރ ޝްރޮފް ރާއްޖެ އަތުވެއްޖެއެވެ. ޓަައިގަރ އާއި ދިޝާ ޗުއްޓީއަށް ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޓައިގަރ އާއި ދިޝާގެ އިންސްޓެގްރާމްގައި ވެސް ޗުއްޓީ ހޭދަކުރަމުންދާ ރިސޯޓުގެ ބައެއް މަންޒަރުތައްވަނީ ހިއްސާކޮށްފައެވެ.
ޓައިގަރ ޝްރޮފްގެ ކޮއްކޮ ވެސް މާދަމާ ރާއްޖެ އަންނާނެއެވެ.
ބޯޑަރު ހުޅުވުމުން ބޮލީވުޑްގެ އެތައް ތަރިންނެއް ރާއްޖެ އައިސްފައިވެއެވެ. ޓައިގަރ އާއި ދިޝާގެ އިތުރުން ކާޖަލް އަގަރްވާލް އާއި އޭނާގެ ފިރިމީހާވެސް މިވަގުުތު ރާއްޖެގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ކަޓްރީނާ ކައިފް ވެސް އެޑް ޝޫޓަކަށް ރާއްޖެ އައިސްފައިވެއެވެ.