ކޮމެޑީ ނައިޓް ވިތް ކަޕިލް އިން ބެލުންތެރީންގެ ހިތް ދަމައިގެންފައިވަ ސުނިލް ގްރޯވަރް އަކި ދެވަނައެއް ނެތް ފަދަ ކޮމޭޑިއަން އެކެވެ. ކަޕިލް ޝަރްމާ އާއި ސުނިލް ގްރޯވަރް އާއި ޖެހުނު މައްސަލައެއްގައި ޝޯ ހުއްޓަލުމުގެ ކުރީން ސުނިލްވަނީ ޝޯ އިން ވަކިވެފައެވެ. ނަމަވެސް މީހުން ހެއްވުމަަށް އެކި މަންސަތަކުގައި އޭނާ މަސައްކަތް ކުރިއެެވެ. ޝޯ ހޯސްޓު ކުރުމާއި ތަފާތު ކޮމެޑީ ޝޯ ތަކުން އޭނާ ފެނުނެވެ. އޭނާ އަކީ ދުނިޔޭގެ އެތައް ބައެއް ހެއްވައި އެމީހުންގެ ހިތް އަތުލައިފައިވާ ކުޅަދާނަ ކޮމޭޑިއަން އެކެވެ.
ސުނިލް މީގެ ކުރިން ފެނިފައިވަނީ 'ކޮފީ ވިތް ޑީ' އިންނެވެ. މިޙާރު އޭނާދަނީ ބޮޑު ސްކްރީނަށް އަންނާން ތައްޔޜު ވަމުންނެވެ. ފިލްމް 'ޕަތާކާ' ގަިއ އޭނާ ކުޅެނީ ދިޕާރް ނަރަދްމުނީ ގެ ރޯލެވެ. ފިލްމުގެ ކެރެކްޓަރ ޕޯސްޓަރު އާއްމުކުރި އިރު އޭނާ ހުންނަނީ ސާޅީ އަޅައިގެންނެވެ. ސނިލް އަކީ ސާޅީ އަށް ވަރަށް ފަރިތަ ފަންނާނެކެވެ. ކަޕިލްގެ ޝޯގެ ސެގްމެނެޓުތަކުންވެސް އޭނާ ފެނުނީ ސާޅީގައެވެ.
ސުނިލްގެ ޕޯސްޓަރާ އެކު ސުވަރާ ވަނީ އޭނާގެ ކެރެކްޓަރ ޕޯސްާތރު ވެސް އާއްމުކޮށްފައެވެ. ސުވަރާ ފިލްމުގައި ކުޅޭނީ ޗާމްޕާ ކުމާރީގެ ރޯލެވެ.
ޕަޓާކާ އަކީ ވިޝާލް ބަރދްވަޖް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ލީޑްރޯލު ކުޅޭ އެއްތަރިއަކީ 'ދަންގަލް' އިން ބޮލީވުޑަށް ތައާރަފްވި ސާނިޔާ މަލޯތްރާ އެވެ. ސާނިޔާ ގެ އިތުރުން އަލަށް ބޮލީވުޑަށް ތައާރަފްވާ ތަރި ރާދިކާ މާދަން އާއި ސުނިލް ގްރޯވަރް އަދި ސްވަރާ ބަސްކަރް ލީޑް ރޯލުން ފެނިގެންދާނެއެވެ.
މި ފިލްމަކީ ޗަރަން ސިންގހްގެ ކުރު ވާހަކައެއް ކަމަށްވަ 'ދޯ ބެހެނޭން' ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މުޅި ވާހަކަ ބިނާކޮށްފައިވަނީ ކައިވެންޏަށް ފަހު ދެބޫނުން ވަކިވުމުން އެމީހުންގެ ދިރިއުޅުމުގަިއ ދިމާވި ކަންތައްތަކައި ދެބޫނުންގެ ގުޅުމުގެ މައްޗަށެވެ.