ކަޕިލް ދޭވް ބަޔޯޕިކް 83' ގައި ރަންވީރް ސިންހްގެ ކޯޗަކީ ނަވާޒުއްދީން ސިއްދީގީ

އިންޑިއާގެ ކުރީގެ ކްރިކެޓް ޓީމުގެ ކެޕްޓަން އަދި ސްޕޯޓްސް ލެޖެންޑް، ކަޕިލް ދޭވެ ގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ރަންވީރް ސިންގް ގެ ކޯޗަކީ ނަވާޒުއްދީން ސިއްދީގީ އެވެ. 83' އަކީ ކަބީރް ޚާން ޑައިރެކްޓް ކުރާ ފިލްމެކެވެ. މިއީ ކަބީރް ޚާން އާ އެކު ނަވާޒުއްދީން މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. އޭނާ ކުރީން މަސައްކަތް ކުރީ 'ބަޖިރަންގީ ބާއިޖާން' ގައެވެ. އެފިލްމުގައި އޭނާ ކުޅެފައިވަނީ ނޫސްރިޕޯޓަރެއްގެ ރޯލެވެ.

83' ގައި އިނގިރޭސިވިލާތުގެ ވޭލްސްގައި 1983ވަނަ އަހަރު ބޭއްވި ކްރިކެޓް ވޯލްޑްކަޕް ގައި އިންޑިއާއަށް ކާމިޔާބު ލިބުނު ތާރީޚީ  މެޗު ރީކްރިއޭޓް ކުރާނެއެވެ. ފިލްމުގެ މަންޒަރުތައް ނަގާނީ އެދުވަސްވަރު މެޗުތައް ކުޅުނު ދަނޑުތަކާއި ސްޓޭޑިއަމް ތަކުގައެވެ. 83' ނެރޭނީ 2019ވަނަ އހަރުގެ އޯގަސްޓް މަހުއެވެ.

މިއަހަރަކީ ނަވާޒުއްދީން އާ ރަންވީރް އަށް ވެސް ކާމިޔާބު އަހަރެކެވެ. ނަވާޒުއްދީން އާ ސައިފް އަލީ ޚާން މަސައްކަތް ކުރި ފިލްމު 'ސެކަރޑް ގޭމްސް'، ސީރީޒް މި މަހުގެ 6ވަނަ ދުވަހު ރިލީޒް ކުރާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.