'ދަ ޒޯޔާ ފެކްޓަރ' ގައި ސޯނަމް ކަޕޫރްގެ ބައްޕަގެ ރޯލު ކުޅޭނީ ބޮޑު ބޭބެ ސަންޖޭ ކަޕޫރް

އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމް ކަޕޫރް ކުޅޭ ފިލްމް 'ދަ ޒޯޔާ ފެކްޓަރ' ގައި އޭނާގެ ބައްޕަގެ ރޯލު ކުޅޭނީ ބޮޑު ބޭބެ ސަންޖޭ ކަޕޫރް ކަމަށް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. ސަންޖޭ ކަޕޫރް ވަނީ މީގެ ކުރިންވެސް އާއިލާގެ މެންބަރުންނާ އެކު ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. 'މުބާރަކާން' ގައި އޭނާ މަސައްކަތް ކުރީ އޭނާގެ ބޭބެ އަނިލް ކަޕޫރް އާއި ބޯނީ ކަޕޫރްގެ ދަރިފުޅު އަރްޖުން ކަޕޫރް އާ އެކުއެވެ. ސޯނަމް އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމުން އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ވެއެވެ.

'ދަ ޒޯޔާ ފެކްޓަރ' އަކީ 2008ވަނަ އަހަރު އަނޫޖާ ޗޯހާން ނެރެފައިވާ ނޮވެލް 'ދަ ޒޯޔާ ފެކްޓަރ' ގެ އެޑަޕްޓޭޝަން އެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް ޝަރްމާ އެވެ. ފިލްމް ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވަނީ 2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5ވަނަ ދުވަހުއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.