މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް ހުންނާނެކަމަށް ލަފާކުރަނީ 799 މިލިއަން ޑޮލަރުގައި

މިއަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް ހުންނާނެކަމަށް ލަފާކުރަނީ 799 މިލިއަން ޑޮލަރުގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވަމުން ފިނޭން މިނިސްޓަރ އަމީރު ވިދާޅުވީ މިއީ މިއަހަރު ފެށުނު އިރު ރިޒާވް ހުރިޢަދަދަށް ވުރެ މަތީ ޢަދަދެއްކަމަށެވެ އަދި 2021 ވަނަ އަހަރު ރަސްމީ ރިޒާވް ހުންނާނެކަމަށް ލަފާކުރައްވައިފައި ވަނީ 696 މިލިއަން ޑޮލަރުގައިކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެކްސް ޗޭންޖް ރޭޓް ޑިވެލިޔު ކުރަންޖެހޭ ޕްރެޝަރެއް ނެތްކަމަށް މިނިސްޓްރ އަމީރު ފާހަގަ ކުރެއްވިއެވެ. 

"މިވަގުތު ޕެރެލަލް މާރކެޓްގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯރޓަރުންނަށް ޑޮލަރުގެ އަގު ބޮޑުކޮށް ހޯދަން ޖެހުމުގެ ޝަކުވާ އޮތްނަމަވެސް އެމައްސަލައަށް ހައްލު މިއަންނަނީ ހޯދައި ދެމުން . އިޤްތިޞާދީ ހަރަކާތްފެށި އިތުރުވާ މިންވަރަކުން މިކަންތައްތައް ފަސޭހަވެގެންދާނެ. އިޤްތިޞާދު ދަތި ބޭރުފައިސާ ލިބުން ދަތު މިދަނޑި ވަޅުގައި މިވަރުގައި ރިޒާވް ބެހެއްޓި ރާއްޖޭގެ އިޤްތިޞާދު މެނޭޖުކުރެވިގެން މިދަނީ ފިސްކަލް ޕޮލިސީގެ ޙަރަކާތްތަކުން" ކަމަށް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. 

މިނިސްޓަރ އަމީރު ވިދާޅުވީ މިއިން ޒަމާނަކު ނުވެއްޓޭފަދަ އިޤްތިޞާދީ ފުން ވަޅުގަނޑެއްގެ ތެރޭގައި ވެސް ޚަރަދަށް ގެނައި ބަދަލުތަކާއި ރައްޔިތުންނަށް ސީދާގޮތުން އެހީތެރިވުމާއި މިހާތަނަށް ވެސް ކޮންސެޝަނަލް ގޮތްގޮތުން ބަޖެޓް ފައިނޭންސް ކޮށްފައި ވުމަކީ މިޝޮކުން ވިޔަފާރީ ތަކާއި ރައްޔިތުންނަށް  ކުރި އަސަރު ކުޑަކޮށް ދިނުމަށް އެހީތެރިވި ކަންތައްތައް ކަމަށެވެ. 

އިޤްޞާދީ ޚަރަކާތްތައް އިތުރުވަމުން އައުމާއެކު އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ވަނީ ލަފާ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.