ބޯޑަރު ހުޅުވާލި ފަހުން ޒިޔާރަތްކުރި 43 ހާހުގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވީ އެންމެ 28 ފަތުރުވެރިން

Photo Credit: Trade Arabia

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި 43 ހާހަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން ކޯވިޑަށް ޕޮޒިޓިވްވީ އެންމެ 28 ފަތުރުވެރިން ނެވެ.

ޓޫރިޒަމް މިނިސްޓްރީން  ހާމަކޮށްފައިވާ މަޢުލޫމާތު ތަކުން އެނގޭ ގޮތުގައި ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން މިމަހު ހަތަރެއްގެ ނިޔަލަށް 43،609 ފަރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު އޭގެތެރެއިން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެންމެ 28 ފަތުރުވެރިންނެވެ. އޭގެތެރެއިން 17 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު މިހާރު ބަލިޖެހިފައިވާ މީހުންގެ ޢަދަދަކީ 11 އެވެ. މިޢަދަދަކީ ރާއްޖެއަށް ޒިޔާރަތްކުރިއިރު ބަލި ޖެހިފައިވާ ފަތުރުވެރިންކަމުގައި ވިއަސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން  ފެންނަ ގޮތުގައި މިހާރު 30 ރިސޯރޓެއްގައި 52 ފަތުރުވެރިން ބަލި ޖެހިފައި އެބަ ތިއްބެވެ. 120 މުވައްޒަފުން ވެސް ބަލި ޖެހިފައި އެބަ ތިއްބެވެ. ގެސްޓްހައުސް ތައްކުން ކޮވިޑަށް ޕޮޒިޓިވް ޢަދަދުތައް ވަކިން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައު ރިސޯރޓްތަކުން ކޯވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންނާއި މުވައްޒަފުންގެ ޢަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ދާދިފަހުން ވަނީ ކޯވިޑްގައި ފުރަތަމަ ފަހަރަށް ރިސޯޓެއްގެ މުވައްޒަފަކު މަރުވެފައެވެ. އެއީ ދ. އަތޮޅު ކަނޑިންމަ ރިސޯރޓުންނެވެ. އެރިސޯރޓުން ކޯވިޑްގައި މަރުވެފައި ވަނީ ދިވެހި މުވައްޒަފެކެވެ. އެރިސޯޓުން ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.