ރަށު ފަތުރުވެރިކަމަށް ބީލަމު އުޞޫލުން 11 ރަށަކުން ބިން ދޫކުރަނީ

ފޮޓޯ: ރައީސް އޮފީސް

ރަށު ފަތުރުވެރިކަމަށް ބީލަމު އުޞޫލުން  11 ރަށަކުން ބިން ދޫކުރަން ސަރުކާރުން ހަމަޖައްސަވައި މިރޭ އެކަން އިޢުލާން ކުރައްވައިފިއެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިޢްލާން ކުރެއްވީ ފެތުރުވެރިކަމުގެ މާސްޓަރ ޕްލޭން އިފްތިތާޙްކުރުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރަށު ފަތުރުވެރިކަމަށް ބީލަމުގެ އުޞޫލުން ބިން ދޫކުރައްވަން ހަމަޖައްސަވައިފައި ވަނީ ރާއްޖޭގެ ބޮޑެތި ރައްތަކުންނެވެ. އެރަށްތަކުގެ ތެރޭގައި ހއ ފިއްލަދޫގެ ދައްޕަރު ސަރަޙައްދާއި އުލިގަމާއި ކެލަޔާއި ލ ގަމާއި ފުވައްމުލަކު ތުނޑީ ސަރަހައްދާއި އައްޑޫ ސިޓީގެ ހަ ރަށް ހިމެނެއެވެ. މިމަސައްކަތީ ރާއްޖޭގެ ޤައުމީ ތަރައްޤީއަށް މުހިންމު މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ފަތުރުވެރިކަން ތަރައްޤީ ކުރައްވާނީ ވަކި ސަރަޙައްދަކަށް ޚާއްޞަކޮ ގެން ނޫންކަމަށެވެ. ފަތުރުވެރިކަމުގެ ފައިދާ ހުރިހާ އަތޮޅެއް ހުރިހާ ރައްޔިތުންނަށް ލިބޭނެ  ގޮތަށް ކަމުގައެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފަސް އަހަރު ދުވަހަށް އެކުލަވާލައްވާ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން ރައީސް އިފްތިތާޙް ކޮށްދެއްވިއެވެ. މިމާސްޓަރ ޕްލޭން އެކުލަވާ ލައްވާނީ 2020 އިން 2025 އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.