ލުއިތައް ދެވޭނީ ޖުމުލަ ސްކޯ ހަތަރަކަށް ވުރެ ދަށް ވުމުން: ޑރ. ނަޒްލާ

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދެއްވާނީ ކޯވިޑްގެ ހާލަތު މޮނިޓަރ ކުރުމުގައި ބަލާ އިންޑިކޭޓާރސްތަކުން ޖުމުލަ ސްކޯ ހަތަރަކަށް ވުރެ ދަށަށް ދިއުމުންކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓްރ ނަޒްލާ ރަފީޤް ވިދާޅުވީ މިއފަހަރު ލުއިތައް ދެއްވާނީ ވެސް ކުރީން ލުއި ދެއްވި ވަރަށް ވުރެ ދޭތެރެ ދުރުކޮށް އިންޑިކޭޓަރސްތަކަށް އަންނަ ބަދަލުތައް ދެނެގަންމުން ކަމަށެވެ. މިއަދު 22 މީހުނަށް ބަލި ޖެހުމުން ބަލީ ކޮންޓްރޯލްވީކަމަށް ބަލައި ކޯފީތަކަށް ދިއުމާއި ގޭގެއަށް ޒިޔާރަތް ކުރުންފަދަ ކަންކަން އަދި ނުކުރުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ. ލުއިތައް ދެވަން ފެށްޓެވިކަމުގައި ވިއަސް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކުގައި އުޅުމަށް ވެސް ޑރ ނަޒްލާ އިލްތިމާސް ކުރެއްވިއެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކޯވިޑްގެ ތިންވަނަ ރާޅެއް އައިސްފައިވާކަން ފާހަގަ ކުރައްވައި ރާއްޖޭގައި އިތުރަށް ހާލަތު ގޯސްވެގެން ހިނގައިދާނެކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުން މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

"ކުރިއަށް ލުއިތައް ދިނުމަށް ރާވާފައިވެސް ހުރީ، މިހާރުވެސް މޮނިޓަރ ކުރަމުންދާ އިންޑިކޭޓާރަސްތައް ބަލާފައި ޓޯޓަލް ސްކޯ ހަތަރެއް ނުވަތަ އެއަށްވުރެ ވެސް ދަށުގައި އުޅެންޏާ." ޑރ ނަޒްލާ ވިދާޅުވިއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.