އެސްޓީއޯ އިން ފިހާރަތަކަށާއި އޮޑިދޯނިފަހަރަށް ކާޑު ގެންގޮސްދޭން ފަށައިފި

ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން މާލެ ސަރަހައްދަށް ކާޑުގެ ބާވަތްތައް ގެންގޮސްދިނުމުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މާލެ ސަރަހައްދުގެ ސުޕަމާކެޓްތަކަށާއި ކަންމަތީ ފިހާރަ އަދި އަޑިދޯނި ފަހަރަށް ކާޑުގެ ގެންގޮސްދޭން ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރި، ސާދަ ދުވަހަށް މާލެ ބަންދުކުރުމާ ގުޅިގެން އެކުންފުނިން އެންމެ އިސްކަމެއްގެ ގޮތުގައި ރައްޔިތުންނަށް ކާޑު ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މާލޭގެ އޯޑަރުތައް ގެންގޮސްދޭން ފަށާފައިވަނީ މިައދު ހެނދުނު ނުވައެއް ޖެހިއިރުއެވެ. ހަވީރު ހަޔަކާ ހަމައަށް މި ޚިދުމަތް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އޭޖެންޓުންގެ ކާޑުގެ އޯޑަރުތައް ވެސް ހެނދުނު ނުވައަކުން ހަވީރު ހަތަރަކަށް ކުރިއަށް ގެންދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.