ކޮވިޑް 19ގައި ރާއްޖެއިން  11 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް ގައި  ރާއްޖެއިން  11 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕޮރޮޓެކްޝަން އެޖްންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މަރުވި މީހަކީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ ޢުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައިވަނީ  ރޭ ދަންވަރު 1:52 ގައެވެ.

ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް 19 ގައި  ރާއްޖެއިން ވަނީ ހަތަރު މީހުން މަރުވެފައެވެ. އެއީ ޓްރީޓޮޕުން ދަރުމަވަންތައަށް ބަދަލު ކުރި މީހުންގެ ތެރެއިން ދެ މީހަކާއި އައިޖިއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކެންސްރިބަލީގެ މީހަކު މަރުވިއިރު ކޮވިޑް 19 ށް ޕޮޒިޓިވް ވުމާއި އަދި ރޭ މަރުވި އަންހެން މީހާއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން11 މިހަކު މަރުވެފައިވާއިރު ދިވެހިންގެ އަދަދަކީ ފަހެކެވެ. މަރުވި ބިދޭސީންގެ ތެރެއިން ފިލިޕންސް މީހާ ފިޔަވައި އެންމެންނަކީ ބަނގްލަދޭޝް ރައްޔިތުންނެވެ.

ރޭގެ ނިޔަލަށް އެޗްޕީއޭ އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި 2،435 މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒޮޓިވް ވެފައެވެ. މިހާތަނަށް 2،030 މީހުން ބަލިން ރަނގަޅު ވެފައިވާއިރު ބަލި މީހުންގެ ގޮތުގައި ތިބީ 390 މީހުންނެވެ. އިއްޔެ މިބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 25 މީހުންނެވެ. އެއީ 19 ދިވެހިންނާއި ބަޤްލަދޭޝްގެ 4 މީހުންނާއި  އިންޑިޔާ މީހަކާއި ނޭޕާލް މީހެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.