ކޯވިޑް-19: މިއަދު އެކަނި ހަތަރު ދިވެހިން ނިޔާވެއްޖެ

ކޯވިޑް-19 ގައި މިއަދުގެ މިހައިތަނަށް ހަތަރު ދިވެއްސަކު ނިޔާވެއްޖެއެވެ. އެންމެ ފަހުން ނިޔާވީ އުމުރުން 78 އަހަރުގެ ފިރިހެނެކެވެ. އެއީ މެދްދުރު 12.48 ގައި އައިޖީއެމްއެޗްގައެވެ.

މިއަދު ނިޔާވީ ކަމަށް އެޗްޕީއޭއިން ހާމަކުރި ފުރަތަމަ މީހާ ނިޔާވީ ރޭ މެންދަމު 2.24 ގައި ހުޅުމާލޭ ފެސިލިޓީގައެވެ. އެއީ 86 އަހަރުގެ ފިރިހެނެކެވެ. ދެވަނަ މީހާ ނިޔާވީ ހެނދުނު 6.30 ގައި ހަމަ ހުޅުމާލޭ ފެސިލިޓީގައެވެ. އެއީ އުމުރުން 64 އަހަރުގެ ފިރިހެނެކެވެ. ތިންވަނަ މީހަކީ އުމުރުން 86 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ ހެނދުނު 9.05 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މިއަދު ނިޔާވީ ހަތަރު މީހުންނާއެކު ކޯވިޑް-19 ގައި ނިޔާވީ މީހުންގެ އަދަދު 91 އަށް އެރީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.