ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވް ވި އަދަދު 50 ހުން ދަށުގައި

މިއަދު ހަޔަކާއި ހަމައަށް 24 ގަޑިއިރު ކޯވިޑް 19 އަށް އަލަށް ޕޮޒިޓިވްވި އަދަދު ހުރީ 50 ހުން ދަށުގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއަދު ކޯވޑް- 19 އަށް ޕޮޒޮޓިވް ޢަދަދަކީ 46 އެކެވެ. އެއީ 31 ދިވެހިންނާއި 15 ބިދޭސީންނެވެ. މިއަދުގެ ޢަދަދުތަކުގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 44 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި ދެ މީހުންނެވެ. މިހާރު އަތޮޅުތަކުގެ 22 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދު ވަނީ 51 އަކަށް އަރާފައެވެ. މިވަގުތު 27 ރިސޯޓެއްގައި 16 ޓޫރިސްޓަކާއި 39 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ. 

ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭން ކޯވިޑް ޖެހުނު ޖުމުލަ ޢަދަދަކީ 9770 އެވެ. ޝިފާ ލިބުނު މީހުންގެ ޢަދަދު ވަނީ 8390 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1340 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 96 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 692 މީހުންނެވެ. މިއަދާ ހަމައަށް ރާއްޖެއިން ބައްޔަށް ޓެސްޓް ކުރެވުނު ޢަދަދު ވަނީ  141184 އަށް އަރާފައެވެ. ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 34  އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.