އައިސޮލޭޝަން ފެސިލިޓީތަކަށް ގެއްލުން ދިނުން ތަކުރާރުވާ ނަމަ ފިޔަވަޅު އަޅައި ބަދަލު ހޯދަންވެސް ޖެހިދާނެ: ޑރ. ނަޒްލާ

އައިސޮލޭޝަން ފެސިލިޓީތަކަށް ގެއްލުން ދިނުން ތަކުރާރުވާ ނަމަ ފިޔަވަޅު އަޅައި އެފަދަ ގެއްލުންދޭ މީހުންގެ އަތުން ބަދަލު ހޯދަންވެސް ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ހެލްތް އިމަރަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުން ދޫކޮށްލާއިރު ބައެއް ތަންތަނަށް ގެއްލުންތައް ދީފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކޮޓަރީގެ ފަރުދާ ކަފާލާފައި ހުރުމާއި ބެޑްޝީޓު ހަލާކުކޮށްލާފައި ހުރުމާއި ކޮޓަރީގައި ހުންނަ އެކި ތަކެއްޗަށް ގެއްލުން ދީފައި ހުންނަކަންވެސް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނުތާހިރުކޮށް ތަކެތި ގެންގުޅެ ކޮޓަރި ވަރަށް ހަޑިކޮށް ހުންނަކަން ވެސް ފާހަގަ ކުރެއްވިއެވެ. މިފަދަ ކަންކަން ނުކުރުމަށް ވެސް ޑރ. ނަޒުލާ އިލްތިމާސް ކުރެއްވިއެވެ. އެއްވެސް ފަރާތެއްގެ މައްޗަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ދާން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ފެސިލިޓީތަކަކީ ސަރުކާރުން ކުއްޔަށް ނަގައިގެން މިތަންތަނުގައ ފުދޭވަރެއްގެ ހޭދައެއްވެސް ކުރަން ޖެހޭތަންތަން ކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެއްވެސް ތާކަށް ގެއްލުމެއް ލިބިއްޖެނަމަ ސަރުކާރުން އެ ބަދަލު ދޭންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ފެސިލިޓީތަކަށް ގެއްލުން ދިނުން ތަކުރާރު ވާނަމަ ފިވަޅު އަޅައި ގެއްލުން ދިން ފަރާތްތަކުން އަނބުރާ ބަދަލު ހޯދަން ވެސް މަޖުބޫރު ވެދާނެކަމަށް ވިދާޅުވިއެވެ. ގިނައިން ތަކުރާރުވާނަމަ ފިޔަވަޅު އަޅަން ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެހިސާބަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ. ކުރިން ވެސް މިފަދަ މައްސަލަތަކެއް ފާހަގަ ކުރެވި އެގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކުރުމުން އެކަން ހައްލުވި ކަމަށް ވިދާޅުވިއެވެ.   

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.