ކޮވިޑާގުޅިގެން އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ހަތަރު މިލިއަން ރުފިޔާ ލިބިފައިވޭ

 ކޮވިޑާ ގުޅުންހުރި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދެއްވުމަށް ހަތަރު މިލިއަން ރުފިޔާގެ އެހީ ހަމަ ޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެންއިއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒައުޝާން ކަމާލުއްދީން ވިދާޅުވީ އިޖްތިމާޢީ ރައްކާތެރކަން ޤާއިމްކޮށްދެއްވުމަށް ލިބުނު ފައިސާގެ އެހީ ތެރިކަމުގެ ތެރޭގައި ޒަކާތު ފަންޑުން އެއް މިލިއަން ރުފިޔާ އާއި ޔުނުސެފް އިން 360،000 ރުފިޔާ އާއި ކޮވިޑް ބަޖެޓްގެ ތެރެއިން އެއްމިލިއަން ރުފިޔާއާއި އެކި ފަރާތްތަކުން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އެއްލައްކަ 87 ހާސްރުފިޔާގެ އެހީ ލިބވިފައިވާކަން ޒަވްޝާން ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި ކެނެޑާއިން ލިބޭ އެހީވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. ކެނެޑާ ފަންޑުން ފައިސާ ހަމަޖެހިފައިވާކަމަށާއި މި ހަފާތާތެރޭގައި އެފައިސާ ލިބޭނެކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ޕާމަންނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ފަސް ޚިދުމަތެއް ފޯރުކޯށް ދެއްވައިފައިވާނެކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރެއް ވިއެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކުރައްވައިފައި ވަނީ މަގުމަތިވި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމެވެ. އެގޮތުން އެންމެ ފުރަތަމަ 20 މީހަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދެމުން ގޮސް 397 މީހުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދެއްވައިފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ. އެމިނިސްޓްރީން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ބޭނުން ކުރީ ޢިމާދުއްދީން ސްކޫލެވެ. ނަމަވެސް ސްކޫލުތައް ހުޅުވޭތީ އެތަނުގައި ތިބި މީހުންނަށް މިހާރު ބޯހިޔާވަހިކަން ފޯރުކޮށް ދެމުންދަނީ ޔޫތް ކޮމްޕްލެކްސްއާއި ޔޫތު ހޮސްޓެލްގައި ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅު ވިއެވެ.

ބޯހިޔާވަހިކަމަށް އެދުނު މީހުންގެ ތެރޭގައި ހިމެނެނީ އާމްދަނީއަށް އަސަރުކޮށް ދިރިއުޅެމުން އައި ތަންތަނަށް ކުލި ނުދެއްކިގެން ނުކުންނަން ޖެހުނު މީހުންކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ. ބޯހިޔާ ވަހިކަން ފޯރުކޮށް ދެއްވި 397 މީހުންގެ ތެރެއިން 112 މީހުން، އެމީހުންގެ ރަށްރަށަށް ދާން އެދުނު ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން ބައެއް މީހުން އެމީހުންގެ ރަށްރަށަށް ފޮނުވައިފައިކާމަށް ވިދާޅުވިއެވެ.  އަދިވެސް ރަށްރަށަށް ދާން ބޭނުންވާ މީހުން ވަގުތީ ހިޔާތަކުގައި ތިބިކަމަށް ޒޫޝާން ފާހަގަ ކުރެއްވިއެވެ. ރަށްރަށަށް ދާން ބޭނުންވާ މީހުން ނަށް ދަތުރުވެސް ހަމަޖައްސަވައި ދެއްވަމުންދާކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.

ބޯހިޔާވަހިމަކުގެ އިތުރުން، ކޮވިޑާ ގުޅިގެން ހާލުގައި ޖެހެނުމީހުންނަށް ކާބޯތަކެތިވެސް އެމިނިސްޓްރީން ވަނީ ފޯރުކޮށް ދެއްވައިފައެވެ.

ވަގުތީ ބޯހިޔާވަހިތަކުގައި ތިބި މީހުންގެ އިތުރުން ރަށްރަށުން އައިސް މާލާގައި ތާށިވި މީހުންނަށް ވެސް ވަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދެއްވައިފައެވެ. އެގޮތުން، 50،314 ކޮއްތު ނުވަތަ މީލްސް ފޯރުކޮށް ދެއްފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. ކެއަރ ޕެކޭކްގެ ގޮތުގައިކައްކަން ބޭނުންވާނެ ސާމާނުވެސް ވަނީ ހާލުގައި ޖެހުނު މީހުންނަށް ފޯރުކޮށް ދެއްވައިފައެވެ.  ޔުނިސެފުން ވެސް 500 އެއްހާ ކެއަރ ޕެކެޖް ފޯރުކޮށްދީފައި ވެއެވެ. މިނިސްޓްރީން ވެސްަ 273 ކެއަރ ޕެކޭޖް ވަނީ ފޯރުކޮށް ދެއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.