ކޯވިޑް-19: މިއަދު 66 - 52 ދިވެހިން

ރާއްޖެއިން ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 66 މީހުންނެވެ. މީގެ ތެރެއިން 52 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮޒިޓިވްވީ 12 ބަނގްލާދޭޝީންނާއި 2 އިންޑިއަނުންނެވެ. މިއަދު އަތޮޅުތެރެއިން އެއްވެސް މީހަކު ޕޮޒިޓިވް ނުވެއެވެ. މިއީ މިއަދުގެ އިރުއޮއްސި 6.00 އާ ހަމައަށް ނަގާފައިވާ ނަތީޖާއެވެ. އެވެ.

މި އަދަދުތަކާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 5223 އެވެ. މީގެ ތެރެއިން 2849 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. މި ވަގުތު ބަލީގައި ތިބީ 2354 މީހުންނެވެ. މީގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި 1507 މީހުންނާއި ހަސްފަތާލުގައި ފަރުވާދޭ 148 މީހުން ހިމެނެއެވެ.

ކޯވިޑް-19 ގައި ރާއްޖެއިން މިހައިތަނަށް މަރުވެފައި ވަނީ 20 މީހުންނެވެ. އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިއަދުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.